މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

މި އިޢުލާންވަނީ 20 ފެބުރުވަރީ 2024 09:41 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން                                                            

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.                                                         

މަޤާމުގެ ނަން:

ސޮފްޓްވެއަރ ޑިވެލޮޕަރ  

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ދާއިމީ

ރޭންކް:

އައި.ޓީ 04

ކްލެސިފިކޭޝަން:

މެނޭޖީރިއަލް ޕްރޮފެޝަނަލް ސިވިލް އޮފިސަރސް

މުސާރަ:

މަހަކު11,190.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,500.00ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  5,035.50ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     

އައިޓީ ޑިވިޜަން (ހެޑްއޮފީސް)

ފެންވަރު ނުވަތަ ޝަރުތު:           

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕަމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ
  2. މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕަމަންޓް ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ
  3. މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕަމަންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  5. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. މި ސަރވިސްގެ ސޮފްޓްވެޔަރ ޑިވެލޮޕްމެންޓް ޝެކްޝަނުން ހިންގާ އެންމެހާ ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ރާވައި އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ހަރަކާތްތެރިވުން.
  2. މި ސަރވިސްގެ އިންފޮރމޭޝަން ސިސްޓަމްތައް ބަލަހައްޓައި އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިން-ޑެޕްތު އެނަލިސިސްތައް ހަދައި ޑޮކިއުމަންޓްކޮށް އަދި އެ ހޯދުންތަކުގެ އަލީގައި ޚިދުމަތްތައް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. މި ސަރވިސްއިން ޤައިދީންނާއި ބަންދުމީހުންނަށް އަދި އާންމު ރައްޔިތުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށްޓަކައި ޖަލުތަކާއި ޑިވިޜަންތާކާ އަދި ސެކްޝަންތަކާ ގުޅިގެން އެ ދާއިރާތަކަށް ބޭނުންވާ ނުވަތަ ބޭނުން ކުރަމުން އަންނަށް ޚިދުމަތްތައް އޮޓޯމޭޓްކުރުމަށް ބޭނުންވާ ރިކުއަރމެންޓުތައް ގެދާކޮށް ބޭނުންވާ ހައްލުތައް ޤާއިމްކޮށް އެ ޚިދުމަތްތައް ބެލެހެއްޓުން.
  4. ސޮފްޓްވެޔަރ ޑިވެލޮޕްމެންޓް ޝެކްޝަނުން ހިންގާ ޕްރޮޖެކްތަކުގެ ޓައިމްލައިން އެކުލަވާލުމާ އެ އެޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރާނެ މުވައްޒަފުން ކަނޑައެޅުމާ އަދި ޑިވެލޮޕްމެންޓްގައި ޢަމަލީ ގޮތުން ހަރަކާތެރިވުން.
  5. މިސަރވިސްއަށް ބޭނުންވާ މޯބައިލް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން.
  6. މި ސަރވިސްއަށް ބޭނުންވާ އަދި ބޭނުންކުރަމުންދާ އެޕްލިކޭޝަންތަކުގެ ސިސްޓަމް ސްޓަޑީސް އަދި ޓެކްނިކަލްއާ ގުޅުންހުރި ސްޓަޑީސްތައް ހެދުމަށް ފަހު، އެޕްލިކޭޝަން ޑިޒައިންގ ކުރުމާއި ރިވިއުކުރުމުގެ މަސައްކަތް.
  7. މި ސަރވިސްގައި ޑިވެލޕްކުރާ އެޕްލިކޭޝަންތަކުގެ ކޯޑް ރިވިއުކޮށް ޕަރފޯމަންސްއާ ގުޅިގެން ގެންނަށްޖެހޭ ބަދަލުތައް އެ އެޕްލިކޭޝަންތަކަށް ގެނައުމާއި، ޓެސްޓްކުރުމުގެ މަސައްކަތްކުރުން.
  8. އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަ ނުވަތަ ބަގް ހޯދައި އެކަންކަން ހައްލުކުރުމަށްޓަކައި ކޯޑް އެނަލައިޒްކޮށް އެކަން ހައްލުކުރުމަށް ރާވައި ހިންގުން.
  9. މި ސަރވިސްއަށް ބޭނުންވާ އެޕްލިކޭޝަންތަކާއި އަދި ޑިވެލޮޕްކުރާ އެޕްލިކޭޝަންތަކުގެ ވޮނަރަބިލިޓީ ޓެސްޓްކުރުމާއި ޕެޗްކުރުމުގެ މަސައްކަތްކުރުން.
  10. ޑިވެލޮޕްކޮށް ނިމިފައިވާ އެޕްލިކޭޝަންތައް ހޯސްޓުކުރުމާއި ޔޫސަރ މެނުއަލްތައް ތައްޔާރުކުރުން.
  11. ޑިވެލޮޕްމެންޓް މަސައްކަތްތައް އަވަހަށް ކުރުމަށްޓަކައި ބޭނުންވާ ކަސްޓަމް ލައިބްލަރީސްތަކާއި ފްރޭމްވޯކްތައް ތައްޔާރުކުރުން.
  12. އެޕްލިކޭޝަންތަކުގެ ޔޫއައި ޑިޒައިން ކުރުން.
  13. މިސަރވިސްގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެސައިޓް ތަރަޤީކޮށް ބެލެހެއްޓުން.
  14. މައި.އެސް.ކިއު.އެލް އަދި އެމް.އެސް.އެސް.ކިއު.އެލް ޑޭޓަރބޭސްތައް ޤާއިމުކޮށް، އެތަކެތި ބަލަހައްޓާއި މޮނިޓަރކުރުމާއި މެއިޓަނަސް މަސައްކަތްކުރުން.
  15. މި ސަރވިސްގައި ޑިވޮލޮޕްކުރުމަށް ތައްޔާރުކުރާ އެޕްލިކޭޝަންތަކުގެ ޑޭޓަރބޭސް ޑިޒައިންކުރުމާއި ކްރިއޭޓްކުރުމާއި ޓެސްޓްކުރުމުގެ މަސައްކަތް.
  16. ޑޭޓަރބޭސްތަކުގެ ޔޫޒަރ ކްރިއޭޓްކުރުމާއި، ސެކިއުރިޓީ އަދި ޔޫޒަރ ރޯލްސްތައް އެސައިންކުރުމުގެ މަސައްކަތްތައް.
  17. ޑޭޓަރބޭސްތަކުގެ ބެކަޕްނެގުން އަދި ޑޭޓަރބޭސްތައް ރިކަވަރ ކުރަންޖެހޭ ހާލަތެއްގައި ޑޭޓަރބޭސްތައް ރީ-ސްޓޯކުރުން ނުވަތަ ރިކަވަރކުރުން.
  18. އެޕްލިކޭޝަންތަކުގެ ޑޭޓަރބޭސްތައް މޮނީޓަރކުރުމާއި ޕާފޯމަންސް ހިފެހެއްޓުމަށްޓަކައި ޑޭޓަރބޭސް ޓިއުނިންގ ކުރުމުގެ މަސައްކަތް.

މަޤާމާއި ގުޅޭ ދާއިރާ:

  • ސޮފްޓްވެއަރ އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ސޮފްޓްވެއަރ އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު
  • ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން
  • ޖާވަރ ސްކްރިޕްޓް ފްރޭމްވޯކްކުރުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ސީ.އެސް.އެސް ފްރޭމްވޯކް ކުރުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ބެކްއެންޑް ޑިވެލޮޕްކުރުމަށް ބޭނުން ކުރާ ލޭންގުއޭޖުތަކުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކްލައުޑް ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  5. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
  7. (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  8. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  9. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
  10. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  11. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  12. ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2024 ފެބްރުއަރީ 21 ވާ ބުދަ ދުވަހުގެ 14:30 ނިޔަލަށް  [email protected]އަށް  މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •   ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

12 ފެބުރުވަރީ 2024
ހޯދާ