ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަމުގައި ވިއްކާލުން

ބައު ތަކެތި ނީލަމުގައި ވިއްކާލުން

މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

-          250 ހޯސްޕަވަރ މާކިއުރީ ބްރޭންޑުގެ 02 އިންޖީން

-          250 ހޯސްޕަވަރ ޔަމަހާ ބްރޭންޑުގެ 02 އިންޖީން

ނީލަން ފެށޭ އަގު:

170,702.70ރ (އެއްލައްކަ ހަތްދިހަހާސް ހަތްސަތޭކަ ދެ ރުފިޔާ ހަތްދިހަ ލާރި)

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

20,000.00ރ (ވިހިހާސް ރުފިޔާ) 

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ 10:30 ގައި

އަގު ހުށަހަޅާނެ ތާރީޚް: 

2024 ފެބުރުވަރީ 18 ވާ އާދީއްތަ ދުވަހުގެ 10:30 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/ ކ.ތިލަފުށީ އިންޖީނުގެ

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ /ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 3338235 / 7325332 އަށެވެ.

 

ނޯޓް: 

      މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމަތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

                                02 ޝައުބާން 1445  

                                12 ފެބުރުވަރީ 2024

12 ފެބުރުވަރީ 2024
ހޯދާ