މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ޕްރޮސެސިންގ ފެސިލިޓީއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

                                                                                                                                                                                                                                                                            

 

ދަނޑުވެރިކަމުގެ ޕްރޮސެސިންގ ފެސިލިޓީއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

             ދަނޑުވެރިކަމުގެ ޕްރޮސެސިންގ ފެސިލިޓީއެއް އިމާރާތް ކުރުމަށް މިއިދާރާގެ ނަންބަރ IUL)273/273/2024/01) އ 04 ޖެނުއަރީ 2024 އިއުލާނުގެ މަސައްކަތުގެ ސްކޯޕަށް އައި ބަދަލާއި ގުޅިގެން އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެއެވެ.

              ސާކް ޑެވޮލޮޕްމަންޓް ފަންޑްއިން ހިންގާ "ލައިވްލުހުޑް އެންހޭންސްމަންޓް އޮފް ދަ ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރި-ބިޒްނަސް ފޯކަސިންގ އޮން ވެލިއު ޗެއިން ޑެވެލޮޕްމަންޓް" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ށ.ގޮއިދޫގައި ދަނޑުވެރިކަމުގެ ޕްރޮސެސިންގ ފެސިލިޓީއެއް، މިކައުންސިލުން އިން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 15 ފެބްރުއަރީ 2024 ގެ 14:00  ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected]  އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓްރީވުމަށް

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected]  އަށް މެއިލް ކުރައްވައިގެންނެވެ.

12 ފެބްރުއަރީ 2024 އިން 17 ފެބްރުއަރީ 2024 އަށް

14:00އަށް

2

ބީލަމުގެ މަޢުލޫމާތު ސެޝަން

ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

18 ފެބްރުއަރީ 2024

13:00 ގައި

3

 ބީލަމުގެ މަޢުލޫމާތު ދިނުން

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

18 ފެބްރުއަރީ 2024

14:00 ކުރިން

4

ބީލަން ހުށަހެޅުން

ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

22 ފެބްރުއަރީ 2024

13:00 ގައި

                މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043  ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން  ސާފުކޮށްދެވޭނެއެވެ.

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

02 ޝައުބާން 1445

                                               12 ފެބްރުއަރީ 2024

                                                                            އިބްރާހީމް ޝާހިދު

                                                                          ކައުންސިލްގެ ރައީސް

12 ފެބުރުވަރީ 2024
ހޯދާ