މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ޕާޓްޓައިމް

އިޢުލާން

 

          މިކައުންސިލްގެ ތިރީގައި މިދަންނަވާ މަސައްކަތު ޕާޓްޓައިމް ވަޒިފާއަށް މީހުން ނެގުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:      4

މުއްދަތު:          1  އަހަރު   

މުސާރަ:           މަހަކު -/2500 ރުފިޔާ ( މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ ޢިނާޔަތްތައް ލިބޭނޭ އެވެ.  

ފެންވަރު ނުވަތަ ޝަރުޠު: (ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުން

                 (ށ) ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 2 ގަޑި އިރު  މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-   ރަށުގެ އިޖްތިމާޢީ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި ސަރަޙައްދުތައް ހިންމަފުށީ ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ ދަށުން ކުނިކަހާ ވިނަނޮޅާ ނެގޭކުނިތައް ބޭގްނުވަތަ ޑަސްބިނަށްއެޅުން.

2-   ރަސްމީ ކޮންމެދުވަހަކު ކުނިކަހަންޖެހޭ ސަރަޙައްދުތައް ކުނިކެހުން. (އިލޮށިފަތިން ކަހަންޖެހޭ ކެހުމެއްނަމަ އިލޮށިފަތި  ގެނައުމަކީ ވަޒީފާ ލިބުނުފަރާތުގެ ކަމެކެވެ.)

3-   ގަބުރުސްތާނުގެ ބޭރު ވިނަނޮޅުމާއި ކުނިކަހާސާފުކޮށް ބެލެހެއްޓުން.

4-   ކައުންސިލުން އަންގާ މުނިސިޕަލް މަސައްކަތް ތައްކުރުމާއި މުހިންމު މުނާސަބަތަކަށް ރަށުގެ ވަކިސަރަޙައްދެއް ކުނިކަހަންޖެހިއްޖެނަމަ ކުނިކެހުމާއި އެކަމެއްކައުންސިލުން އަންގާގޮތެއްގެމަތިންކުރުން.

5-   ފެން އިސްކުރުބަރިއަށް ފެން ބަލާ އަންނަ ފަރާތްތަކަށް ކިއު ނަންބަރުދޫކޮށް ތަރުތީބުން އެފަރާތްތަކަށް ފެންދޫކުރުން.

6-   ފެން ދޫކުރަމުންދާ ގަޑީގައި ދިމާވަމުންދާ އެންމެހާ ކަންތައްތައް ކައުންސިލާއި ގުޅިގެން ޙައްލުކުރުން. 

7-   ފެން އިސްކުރު ސަރަޙައްދު ހަފްތާއަކު 2 ފަހަރު ކުނިކަހާ ސާފުކުރުމާއި، ފެން އިސްކުރު މުށިތަކާއެކު އުނގުޅާ ދޮވުން.

8-   މީގެއިތުރުންވެސް ކައުންސިލުން އަންގާގޮތެއްގެމަތިން މުނިސިޕަލް ސަރވިސް އާއި ގުޅޭ ކަންތައްތައްކުރުން.

           ވީމާ، މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯ ކޮޕީއާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. 

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.  

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2024
ހޯދާ