މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދެއްވާ މަޢުލޫމާތާއި އެއްގޮތަށް މިރަށުގެ ވޮލީކޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 22 ފެބުރުވަރީ 2024 09:03 ގައި ބާތިލް ކުރެވިފައެވެ.


  • މަޢުލޫމާތު ދިނުމުގެ ސެޝަން:  19 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ  11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުން: 26 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހު 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ ޖަލްސާ ކުރާ މާލަމުގައެވެ.

 

  1. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. އަދި މި މަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިކައުންސިލްގެ ނަންބަރ 4000312 އަށް ގުޅުއްވުން އެދެމެވެ.

 

  1. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

  1. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "ރ.ކިނޮޅަހު ވޮލީކޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް" ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

  1. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.
12 ފެބުރުވަރީ 2024
ހޯދާ