ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސްބަޔާން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 93 ވަނަ މާއްދާ ގައިވާގޮތުގެ މަތިން، ކައުންސިލަށް ލިބޭ އާމްދަނީއާއި އެކިގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓު އެއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2024 ވަނަ އަހަރުގެ ބަޖެޓް ޖަނަވަރީ 15 ގެ ކުރިން ފާސްކޮށް، މިކައުންސިލަށް އެމަޢުލޫމާތު ޙިއްސާކޮށްފައިވާ މި އިދާރީ ދާއިރާގެ 10 ރަށުކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.    

  1. ކޮޅުމަޑުލު ބުރުނީ ކައުންސިލް
  2. ކޮޅުމަޑުލު ވިލުފުށީ ކައުންސިލް
  3. ކޮޅުމަޑުލު މަޑިފުށީ ކައުންސިލް
  4. ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް
  5. ކޮޅުމަޑުލު ގުރައިދޫ ކައުންސިލް
  6. ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް
  7. ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލް
  8. ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލް
  9. ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލް
  10. ކޮޅުމަޑުލު ކިނބިދޫ ކައުންސިލް

 ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލުތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

01 ފެބުރުވަރީ 2024
ހޯދާ