މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ސަރވޭގެ މައިގަނޑު މަގްޞަދަކީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ޗެނަލް ރޭޓިންގ ލިސްޓް ޕޮލިސީ އެކުލަވާލުމުގައި މުހިއްމު، ވިއުއަރޝިޕް  ( ބަލާ މިންގަނޑު) އަދި އަޑުއަހާ ފަރާތްތަކުގެ ވަށްޓަފާޅި ދެނެގަތުމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން (2024 ފެބްރުވަރީ 22 ވާ  ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކޮމިޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:   

މި މަސައްކަތަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފަރެންސްގައި ހިމަނާފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ކޮމްޕެނީ ޕްރޮފައިލް /މަސައްކަތް ކޮށްދެވޭނެ އަގެެއްގެ ކޯޓޭޝަން.
  3. ކުރިން ކޮށްފައިވާ މިފަދަ މަސަކަތްތައް ނިންމިކަމުގެ ލިޔުންތައް.
  4. ޓެކްސް ކްލިއަރެންސް ރިޕޯޓް ( ވިޔަފާރި ތަކުގެ ފާއިތުވި 3 މަސްދުވަހުގެ )
  5. ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ)
  6. ވިޔަފާރި ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ

    ޕްރޮޕޯސަލް ހުޅުވުން

ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވަނީ  (2024 ފެބްރުވަރީ 22 ވާ  ބުރާސްފަތި) ދުވަހުގެ 11:00 ގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބާޠިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ، އީމެއިލް އެޑްރެސް [email protected]  އަށް އީ-މެއިލް ނުވަތަ 3334333،  ފޯނާއި ގުޅުއްވުން އެދެމެވެ.

 

ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

    މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

    ގ.ބިއްލޫރިޖެހިގެ ،03 ވަނަ   ފަންގިފިލާ، މަޖީދީ މަގު،
    މާލެ،  ދިވެހިރާއްޖެ.
    މަޝްރޫޢުގެ ނަން: Broadcast Audience Survey

 

                                1 ޝައުބާން      1445    

                                11 ފެބްރުވަރީ     2024   

11 ފެބުރުވަރީ 2024
ހޯދާ