މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
6 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިސަރވިސް އަށް 6 އެއަރކޮންޑިޝަން (މިސަރވިސްއަށާއި، މިސަރވިސްގެ ދަށުން ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކާޑެއްދޫ މެޓް އޮފީހަށާއި، ލ. ކައްދޫ ރީޖަނަލް ވެދަރ ސަރވިސްގައި ހުންނަ ކައްދޫ މެޓް އޮފީހަށާއި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހަނިމާދޫ މެޓް އޮފީހަށާއި، އަދި ސ.ގަން ރީޖަނަލް ވެދަރ ސަރވިސްއަށާއި އަދި ހުޅުލޭ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އިންޖިނިއަރިންގ ސެކްޝަނަށް) ސަޕްލައިކޮށްދީ، އެއޮފީހަކުން ދައްކާ ތަނެއްގައި އެއަރކޮންޑިޝަންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 19.01.2015 ގައި، ކުރެވުނު ނަންބަރު MMS-A/2015/02 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް އެކަމަށް ލިބިފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ. އަދި 04.02.2015 ގައި ކުރެވުނު ނަންބަރު MMS-A/2015/06 އިޢުލާނާ ގުޅިގެން ހުށަހެޅުއްވި އަންދާސީހިސާބަކީ އެކަށީގެންވާ އަގަކަށްވުރެ ބޮޑު އަގަކަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި 08 އެއަރކޮންޑިޝަން ސަޕްލައިކޮށްދީ އަދި އެއޮފީހަކުން ދައްކާ ތަނެއްގައި ހަރުކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސް އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

އެއަރކޮންޑިޝަންގެ އަދަދާއި ބަހައްޓާނެ ތަންތަނުގެ ތަފުސީލު:

ބޭނުންވާތަން

ބޭނުންވާ އަދަދު

ސައިޒް

ޓައިޕް

ތަފުސީލު

#

ގދ. ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީސް

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

1

ލ.ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީސް

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

2

ހދ. ހަނިމަދޫ މީޓިއޮރޮލޮޖިކަލް އޮފީސް

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

3

ސ.ގަން ރީޖަނަލް ވެދަރ ސަރވިސް

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

4

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލެ (ސަޕޯޓް ސަރވިސް ޔުނިޓް)

02

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

5

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލެ (ޑިރެކްޓަރ ޖެނަރަލްގެ ކޮޓަރިކޮޅު)

01

18000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

6

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލެ (ނަމާދު ކޮޓަރި)

01

9000 BTU

ވޯލް މައުންޓް

އެއަރކޮންޑިޝަން އިންވާޓަރ

7

  • މަތީގައިވާ ގޮތަށް 08 އެއަރކޮންޑިޝަނަށް، ހަރުކުރުމުގެ އަގާއެކު އަންދާސީހިސާބު ހުށަހެޅުއްވުން.
  • އަންދާސީހިސާބު ހުށަހެޅުއްވާ އެއަރކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
  • އެއަރކޮންޑިޝަން ގެންގޮސްދިނުމުގެ ޚަރަދާއި، ހަރުކޮށް ދިނުމުގެ ޚަރަދު ތިރީގައިވާ ގޮތަށް އަންދާސީހިސާބުގައި ހިމަނާފައި އޮންނަންވާނެއެވެ.
  • ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަން ވާނެއެވެ.
  • ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްސްގައި ހުންނަ ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (18000 BTU ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަން ވާނެއެވެ.
  • ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްސް އި ހުންނަ ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (18000 BTU ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަން ވާނެއެވެ.
  • ސ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ސ.ގަން ރީޖަނަލް ވެދަރ ސަރވިސް އޮފީހުގައި 01 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަން ވާނެއެވެ.
  • ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ސަޕޯޓް ސަރވިސް ޔުނިޓްގައި 02 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކަންޑިޝަންތައް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އެޑްމިން ބިލްޑިންގގައި 01 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލްމައުންޓް، ޑިރެކްޓަރ ޖެނަރަލް މީޓިއޮރޮލޮޖީގެ ކޮޓަރިކޮޅުގައި) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އެޑްމިން ބިލްޑިންގގައި 01 އެއަރކޮންޑިޝަން (BTU 9000 ގެ ވޯލްމައުންޓް، ނަމާދު ކޮޓަރިގައި) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު، އެއަރކޮންޑިޝަންތަކުގެ ރޭޓް އަދި އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެނގެން އޮންނަން ވާނެއެވެ.
  • އެއަރކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
  • އަންދާސީހިސާބާއެކު ތިރީގައި މިދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
    • ކުންފުނީގެ ޕްރޮފައިލް
    • ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
    • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
    • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
  • ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފުސީލު

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

70

  1. މުއްދަތު:

15

  1. ތަޖުރިބާ:

05

  1. ވޮރަންޓީ:

10

 

 

 

 

 

ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  3. އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ