މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ަސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

 

 

23 ޖަނަވަރީ 2024 ވަނަ ދުވަހު ކުރެވުނު ނަންބަރ (IUL)MS-SAD/1/2024/17  އިޢުލާން ވަނީ އެކަށީގެންވާ އަދަދައް ބިޑް ހުށަހަޅުއްވާފައިނުވާތީ ބާތިލް ކުރެވިފައެވެ. ވީމާ މިޢިއުލާން އަލުން ގެޒެޓް ކުރެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                        11 ފެބުރުވަރީ 2024     

­­­­­­­­­­­----------------------------------------------------------------------------------------------------------- 

                     

    އިޢުލާން ނަންބަރ(IUL)MS-SAD/1/2024/32  :

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

 

1 - އެއްއަހަރު ދުވަހުގެ މުއްދަތަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-  މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3-  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 11 ފެބްރުއަރީ 2024  އިން 18 ފެބްރުއަރީ 2024 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

4-  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

6- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.

7- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަޖީދިއްޔާ ސްކޫލް

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3322457.3324691

އީ-މެއިލް: [email protected]

 

11 ފެބުރުވަރީ 2024
ހޯދާ