ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
''ކާވާ 18 އަހަރާއި 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 –މުބާރާތުގެ ޓީމް ސެލެކްޝަނާއި ބެހޭ:

އިޢުލާން

''ކާވާ 18 އަހަރާއި 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 –މުބާރާތުގެ ޓީމް ސެލެކްޝަނާއި ބެހޭ:

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަނުން 2024 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ''ކާވާ އަންޑަރ 18 ވޮލީބޯލް ޗެމްޕިއަންޝިޕް 2024'' އަދި ''ކާވާ އަންޑަރ 20 ވޮލީބޯލް ޗެމްޕިއަންޝިޕް 2024'' ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މުބާރާތްތަކުގައި ވާދަކުރާ ދިވެހި ޤައުމީ ޓީމުތަކުގެ ސެލެކްޝަން ހެދުމަށްވަނީ ހަމަޖެހިފައެވެ.

ބޭއްވޭނެ ތާރީޚް:

2024 ފެބްރުވަރީ 22 ން 29 އަށް

ބޭއްވޭތަން:

ސޯޝަލް ސެންޓަރ އިންޑޯ ހޯލް / މާލެ

ޑިވިޜަން:

އަންހެން އަދި ފިރިހެން ޑިވިޜަން

ބައިވެރިވެވޭ އުމުރުފުރާ:

  • 18 އަހަރުން ދަށުގެ އުމުރުފުރާ – 18 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ 2007 ޖަނަވަރީ 01 ނުވަތަ އޭގެ ފަހުން އުފަންވެފައިވާނަމަ

 

  • 20 އަހަރުން ދަށުގެ އުމުރުފުރާ – 20 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ 2005 ޖަނަވަރީ 01 ނުވަތަ އޭގެ ފަހުން އުފަންވެފައިވާނަމަ

ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

2024 ފެބްރުވަރީ 19 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

ބައިވެރިވުމުގެ ފޯމު ހުށަހަޅަން ޖެހޭ ތަން:

[email protected]   

ބައިވެރި ވުމުގެ ފޯމު

https://docs.google.com/forms/d/13-YoZab1n4HWYCiczL9Mfr3Q0bD-QEmrxstKzPzUXEg/edit

އިތުރު މަޢުލޫމާތު:

7777261 / 7801118 / 3317015

 

11 ފެބުރުވަރީ 2024
ހޯދާ