ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސީނިއަރ އޮފިސަރ)

ވަޒީފާގެ ފުރުޞަތު (ސީނިއަރ އޮފިސަރ)

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

 މަޤާމް:

 ސީނިއަރ ސޭލްސް އޮފިސަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސިނިއަރ އޮފިސަރ - ގްރޭޑް 5

 ޑިޕާރޓްމަންޓް

 ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް

 މުސާރަ:

 މަހަކު -/8000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

-   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-   ފިކްސްޑް އެލަވަންސް : އަސާސީ މުސާރައިގެ %25

-   ލިވިންގ އެލަވަންސް : އަސާސީ މުސާރައިގެ % 15

އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.  

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީސް.

 ފެންވަރު ނުވަތަ ޝަރުތު:

 - މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 05 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 3-1 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

 - ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ސޭލްސް ރިސީޓް، ސޭލްސް އޯޑަރ އަދި ޑެލިވަރީ ނޯޓް ތައްޔާރުކޮށް، ޗެކް ކުރުން.

 - ސޭލްސްގައި ތައްޔާރުކުރަން ޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުން.

 - ސޭލްސް ޕްރޮސެސް ކުރިއަށްދާގޮތް ބަލައި ، ދިމާވާ މައްސަލަތައް ޓީމާއި ގުޅިގެން ޙައްލުކުރުން.

 - ކަސްޓަމަރުން ސާފުކުރަންޖެހޭ އެންމެހާ ކަންކަން ކަނޑައެޅިފައިވާ ޕޮލިސީތަކާއި އެއްގޮތްވާގޮތުގެ މަތިން ސާފުކޮށްދީ، އެކަން ކަށަވަރުކުރުން.

 - ސޭލްސްގެ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދިއުން.

 - ޑިޕާޓްމެންޓުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.

 - ސޭލްސް ޓާގެޓް ޙާސިލުކުރުމުގެ އެންމެހާ މަސައްކަތްކުރުން. 

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 14 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު:  

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                             01  ޝަޢުބާން 1445  

11 ފެބުރުވަރީ 2024
ހޯދާ