މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރު ގަތުމަށް

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

ދެކުނުގެ އަތޮޅުތަކުގެ ސްކޫލްތަކަށް ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.

  • 400 ޕްރައިމަރީ ޑެސްކު (ރާއްޖޭގައި ޖަހާ)
  • 500 ސެކަންޑަރީ ޑެސްކު (ރާއްޖޭގައި ޖަހާ)
  • 200 ޕްލާސްޓކު ގޮނޑި، ޕްރައިމަރީ (އަތްގަނޑުނުލާ)
  • 700 ޕްލާސްޓިކު ގޮނޑި، ސެކަންޑަރީ (އަތްގަނޑުނުލާ)

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 އެޕްރީލް 2015 (އަންގާރަ) ދުވަހުގެ 14:00 އަށް

19 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ