މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 19 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ފޯދޭހިޔާގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި އެޖެންޑާ :

  • 2023 ވަނަ އަހަރުގެ ޚަރަކާތް ރިޕޯޓް ހުށަހެޅުން.
  • 2024 ވަނަ އަހަރުގެ ބަޖެޓް ހިއްސާކުރުން.

    ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ހިންމަފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތުއަރުވަމެވެ.

11 ފެބުރުވަރީ 2024
ހޯދާ