ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރ އޮފީސް ކުޅިވަރު މުބާރާތް 2024 ހިންގާނެ ކުލަބް/ޖަމްއިއްޔާއެއް ހޯދުން.

ކޮންމެ އަހަރަކުވެސް ފޯރިގަދަކަމާއެކު ފިޔޯރީ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓައި ކުޅިވަރު ތަރައްޤީ ކުރުމުގެ މަޤުސަދުގައި ފިޔޯރީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ފުޓްސަލް އަދި ވޮލީ (ދެ ޖިންސުގެ ވޮލީ އަދި ފިރިހެން ފުޓްސަލް) މުބާރާތް މި އަހަރު އައުޓްސޯސް ކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި އަހަރުގެ މުބާރާތް 2024 މެއި މަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމާއެކު މި މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ޝައުގުވެރުވާ ކުލަބް ޖަމްއިއްޔާތަކުން 2024 ފެބުރުއަރީ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓަރވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2024 ފެބުރުއަރީ 20 ވާ އަންގާރާ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ޖަމްއިއްޔާތަކާއި ބެހޭ ގާނޫނު (1/2003) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމްއިއްޔާ/ކްލަބް ތަކުގެ ތެރެއިން މަތީގައި ދެންނެވުނު މުއްދަތުގައި ރަޖިސްޓަރ ކުރާފަރާތްތަކަށެވެ. 

ހުށަހަޅާ ޕްރޮޕޯސަލްތަށް އިވެލުއޭޓު ކުރުމަށްފަހުގައި، އެންމެ މަތީ މާކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ފަރާތަކާއިއެކު އެގްރީމެންޓް ހެދިގެން މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. 

 

 

އިތުރު މަޢުލޫމާތު 

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން: 4002625

އީމެއިލް: [email protected]

08 ފެބުރުވަރީ 2024
ހޯދާ