މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ލީގަލް ކައުންސެލް

`

 

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

    މާލެ، ދިވެހިރާއްޖެ    

 (IUL)25-A5/25/2024/16 :ނަންބަރ

އިޢުލާނު

މަޤާމު:

ލީގަލް ކައުންސެލް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (2 އަހަރު)

މަޤާމުގެ ރޭންކު:

އެމް.ޕީ.އެސް. 10

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (ލީގަލް އެފެއާޒް ޑިޕާޓްމަންޓް)

މުސާރަ:

 -/18,000 ރ.

ލިވިންގ އެލަވަންސް:

 -/10,000 ރ.

އެހެނިހެން އެލަވަންސް:

-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މިނިސްޓްރީއާއި، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ މިޝަން އަދި އެމްބަސީތަކަށް ބޭނުންވާ އެގްރީމަންޓްތައް ދިރާސާކޮށް، އެހީތެރިވެދިނުން.

2- މިނިސްޓްރީގެ ލަފާ ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ފޮނުވާ ސިޓީތަކަށް/ކޮމިޔުނިކޭޝަންތަކަށް ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 

3- ބައިނަލް އަޤްވާމީ މުޖުތަމަޢު އާއި ދިވެހިރާއްޖެއާއި ގުޅޭ ޤާނޫނީ އަދި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް ދިރާސާކުރުމާއި އެފަދަ މައްސަލަތަކާއި ގުޅޭ ރިޕޯޓް، ބްރީފް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

4- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދަޢުލަތުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ލައިން މިނިސްޓްރީތަކާއި ގުޅިގެން ތައްޔާރުކުރުން. 

5- ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުމާއި، މުޢާހަދާ ރެޓިފައިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6- އަހަރަށް ކަނޑައެޅިފައިހުންނަ ބައިނަލްޢަޤްވާމީ ޖަލްސާތަކަށް ޑިވިޜަނުން ތައްޔާރުކުރަންޖެހޭ މައުލޫމާތު ކަރުދާސް ތައްޔާރު ކުރުން. 

7- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ގާނޫނީ ލަފާތައްތައްޔާރުކުރުމާއި ކްރެޑެންޝަލްސް އާއި އިންސްޓްރުމަންޓް އޮފް އެކްސެޝަންފަދަ ޤާނޫނީ ލިޔެކިއުންތައްތައްޔާރުކުރުން.

8- ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓް، އަހަރީ ރިޕޯޓް، ޕޮޒިޝަން ޕޭޕަރ، ބްރީޕް ޕޭޕަރ، ވާރކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު، ޕެންޑިންގ، ފައިލިންގ، ރެކޯޑް ބެލެހެއްޓުމާއި ގުޅޭ ފަދަ މަސައްކަތްތައް ކުރިއަށްދާ ގޮތް ސުޕަވައިޒްކޮށް، ޑިޕާޓްމަންޓުގެ ސުޓާފުން ސުޕަވައިޒްކުރުން.

9- ޑިޕާޓްމަންޓްގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި އެ މުވައްޒަފުން އެސެސްކުރުމާއި، މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ ތަމްރީންތައް ފާހަގަކޮށް ކަމާބެހޭ ޑިވިޜަންއަށް އެންގުން.

10- މިނިސްޓްރީގެ ރަސްމީ މަސައްކަތައި ގުޅިގެން އިސްވެރިންގެ އިރުޝާދާއެކު އެހެން ޑިޕާޓްމަންޓުގެ މަސައްކަތުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން.

ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން.

ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

- ލޯ

- ޝަރީއާ

- އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

 - ލޯ

 - ޝަރީއާ

- އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް - 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) ވަޒީފާއަށް އެދޭ ފޯމްގެ ލިންކް: https://foreign.gov.mv/index.php/en/ministry/careers
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ށ) ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.

    (ހ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ  ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ނ) ޤައުމީ ނަވުތަ  ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

    ނޯޓް: ބައިނަލްއަޤުވާމީ ޖަމުޢިއްޔާ/ޖަމާޢަތެއް ކަމުގައި ބަލާނީ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޖަމުޢިއްޔާ/ޖަމާޢަތަކަށްވާ ނަމައެވެ.

    (ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު" (މި ފޯމު ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) ލިންކް: https://bit.ly/3V8Jyyb 

    (ބ) ކިޔެވުމުގެ  މަރުޙަލާގައި ނުވަތަ ކޯހުގެ ބޭނުމަށް ފުރިހަމަކޮށްފައި ހުންނަ އިންޓަރންޝިޕް ފިޔަވައި އެހެނިހެން އިންޓަރންޝިޕް ޕްރޮގްރާމުތަކުގެ މުއްދަތަށް، މިއުޞޫލުގައި ބަޔާންކޮށްފައި ވާގޮތުގެ މަތިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޕޮއިންޓުދެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވާނަމަ އެ އިންޓަރންޝިޕްގެ މުއްދަތު، މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާ ޕޮއިންޓްދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެބައިތައް

ޕޮއިންޓު

އިންސައްތަ (%)

ކެޓެގަރީގެޖުމުލަ އިންސައްތަ

 

 

 

ތަޢުލީމާއި ތަޖުރިބާ

މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ނަމަ ދެވޭ ޕޮއިންޓު

5

 

 

20

 

 

 

30

 

ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު (ގިނަވެގެން 5 ޕޮއިންޓު)

5

ތަމްރީން

ޓްރެއިނިންގ ސެޓްފިކެޓް

10

10

10

ލިބިފައިވާ ހުނަރު

އިމްތިޙާން (މާކްސް)

100

30

60

ޕްރެޒެންޓޭޝަން

50

10

އިންޓަރވިއު

50

30

ޖުމުލަ

220

100

100

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %50 (ފަންސާސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ފެބްރުއަރީ 2024 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކެވެ.

އިމްތިޙާނާއި، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި  ޕްރެޒެންޓޭޝަން އޮންނާނީ، މުއްދަތު ހަމަވާ ތާރީހުން ފެށިގެން 2 ހަފްތާ ތެރޭގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

ދިމާވާ ޙާއްސަ ހާލަތްތަކާއިގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީ އިން އަންގާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް " އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރިގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" ބެލޭނެ ލިންކް: https://foreign.gov.mv/index.php/en/ministry/careers

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023941/3023939 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

28 ރަޖަބު 1445

8 ފެބްރުއަރީ 2024

 

 

08 ފެބުރުވަރީ 2024
ހޯދާ