ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޛިކުރު މަދަޙަ މުބާރާތް 1445

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ކައުންސިލުން ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން، މިދިޔަ އަހަރު މުޅިން އަލަށް ކައުންސިލުން ކުރިޔަށްގެންދިޔަ ޛިކުރު މަދަޙަ މުބާރާތް، މިއަހަރުގެ ރަމަޟާން މަހު ވެސް ކުރިޔަށްގެންދިޔުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ކުރީ އަހަރެކޭ  އެއްގޮތަށް މިއަހަރުގެ މުބާރާތް ވެސް ހުޅުވާލެވިފައިވަނީ ދެ ބަޔަކަށެވެ. އެއީ ޢާންމުންގެ ބަޔާއި މުވައްސަސާތަކުގެ ބަޔަށެވެ. ގްރޫޕް މަދަޙަ މިފަހަރުވެސް ހުޅުވާލެވިފައިވަނީ މުވައްސަސާތަކަށެވެ.

"ޛިކުރު ޤުރްއާން މުބާރާތް 1444" ވެގެން ދިޔައީ ގައްދޫގެ މުވައްސަސާތަކާއި ރައްޔިތުންގެ ތަރުޙީބު ލިބުނު މުބާރާތަކަށެވެ. އެހެންކަމުން، މިދިޔަ އަހަރުގެ މުބަރާތާއި ޚިލާފަށް މިއަހަރުގެ މުބާރާތުގައި މުވައްސަސާތަކުގެ ގްރޫޕް މަދަޙަ، މުވައްސަސާތަކުގެ ބައި، އަދި ޢާންމުންގެ ބަޔަށް ވަކި ވަކި އިނާމް ހުށަހެޅިފައިވާނެއެވެ. އަދި ހަމަ އެހެންމެ، މުވައްސަސާތަކުގެ މަދަހަ ގްރޫޕުގައި ޢާންމުންގެ ތެރެއިން ދެ ބައިވެރިއެއްގެ ނަން ޖެހުމުގެ ފުރުޞަތު ވެސް މިފަހަރު ހުޅުވާފައިވާނެއެވެ. މުބާރާތް ކުރިޔަށްދާނީ 2024 މާރިޗް 2024 އަދި 2024 މާރިޗް 28 ގައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން  ބޭނުންވާ ފަރާތްތަކުން 17 މާރިޗް 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށެހެޅުއްވުން އެދެމެވެ. އަދި 21 މާރިޗް 2024 ގެ ކުރިން މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅައިދޭ މަދަހައިގެ ކޮޕީ ލިޔުމުން މިއިދާރާއަށް ހުށެހެޅުއްވުން އެދެމެވެ.

މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދަރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ. ހުށަހަޅާ ފޯމްތައް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7601051 ނަންބަރު ފޯނަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

08 ފެބުރުވަރީ 2024
ހޯދާ