މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ފުޓްސަލް ޗެލެންޖް 2024 އާއި ގުޅޭ

މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2024/10 (01 ފެބުރުވަރީ 2024) އިޢުލާނުގައިވާ ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް ބަދަލުވެފައިވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

 

ރ.މާކުރަތު ކައުންސިލްގެ ފަރާތުން 12 މާރޗް 2024 ގައި ފުޓްސަލް މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިހެންކަމުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން 22 ފެބުރުއަރީ 2024 ވާ  ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި އިތުރު  މަޢުލޫމާތު ސާފުކުރެއްވުމަށް 9122255 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއެކު މުބާރާތުގެ ޤަވާއިދު އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ފެބުރުވަރީ 2024
ހޯދާ