މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕޯސްޓްގްރެޖުއޭޓް ސްޓަޑީސް ފުރުޞަތު ހޯދައިދިނުމަށް

ޕޯސްޓްގްރެޖުއޭޓް ސްޓަޑީސް ފުރުޞަތު ހޯދައިދިނުމާބެހޭ
އެމް.ބީ.ބީ.އެސް ފުރިހަމަ ކުރުމަށްފަހު އަމިއްލަ ޚަރަދުގައި ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް މި މިނިސްޓްރީން ގަސްދުކުރަމެވެ.

މިގޮތުން މެޑިކަލް ޕޯސްޓްގްރެޖުއޭޝަންގެ އެކި ދާއިރާތަކުން ސްޕެޝަލައިޒް ވުމަށް ފުރުޞަތު ނުލިބޭ ފަރާތްތަކަށް، ބޭރުގެ ޔުނިވަރސިޓީތަކާ ގުޅައިގެން ފުރުޞަތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދެންނެވީމެވެ.

އަދި ލިބޭ ސީޓުތަކަށް ޕްރައިވެޓް ފަންޑިންގގައި ދާން ބޭނުންވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ މަޢުލޫމާތުތަކާއެކު 15 އެޕްރީލް 2015 ގެ ކުރިން މިމިނިސްޓްރީއަށް ސިޓީ (ގުޅޭނެ ނަންބަރާއެކު) ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ލިބޭ ފުރުޞަތުތައް ދިނުމުގައި ސަރުކާރަށް ޚިދުމަތްކުރި މުއްދަތާއި، އަތޮޅުތެރޭގައި ޚިދުމަތްކުރި މުއްދަތު ބެލެވޭނެއެވެ. އަދި އަތޮޅުތެރޭގައި ޚިދުމަތް ކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ތައްގަނޑު ޖަހާފައިވާ އެމް.ބީ.ބީ.އެސް ސެޓްފިކެޓްގެ ކޮޕީ
  • މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަންގެ ކޮޕީ
  • ނޭޝަނަލް އައި.ޑީ ކާޑުގެ ކޮޕީ

16 ޖުމާދަލްއާޚިރާ 1436      

05 އޭޕްރިލް 2015
ހޯދާ