މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކޮންޓެންޓް ކްރިއޭޓަރ މަޤާމަށް މުވައްޒަފަކު ހޯދުމަށް

އިޢުލާން 

 

މަގާމް

ކޮންޓެންޓް ކްރިއޭޓަރ

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: ވަޒީފާ ފުރަތަމަ ހަމަޖެއްސޭނީ 1 އަހަރާއި 11 މަހައްށެވެ. (މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)  

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ލެވެލް

MS 1

މުސާރަ: (މަހަކު)

-/5610ރ (ފަސްހާސް ހަ ސަތޭކަ ދިހަ ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/3250ރ (ތިންހާސް ދުވިސައްތަ ފަންސާސް ރުފިޔާ)
  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/150ރ (ސަތޭކަ ފަންސާސް ރުފިޔާ)
  • ސަޕޯޓިންގ ކޯ އެލަވަންސް: -/700ރ (ހަތްސަތޭކަ ރުފިޔާ)
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (ތިރީސް ފަސް) އިންސައްތަ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ފައިސާ.
  • ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިސްލާމިކް ސްޓޫޑިއޯ / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން. ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސެޓްފިކެޓް (އެޑްވާންސްޑް ސެޓްފިކެޓް) ހާސިލްކޮށްފައިވުން ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3. މަޤާމުގެ ދާއިރާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 03 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4. މަޤާމުގެ ދާއިރާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 02 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއެކު މަޤާމުގެ ދާއިރާއާ ގުޅޭ މަސައްކަތަކުން 06 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

5. މަޤާމުގެ ދާއިރާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 01 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ ގްރޭޑް 09 ނިންމާފައިވުމާއެކު މަޤާމުގެ ދާއިރާއާ ގުޅޭ މަސައްކަތަކުން 08 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • ޑިޖިޓަލް މީޑިއާ ޕްރޮޑަކްޝަން
  • މަލްޓިމީޑިއާ ޓެކްނޮލަޖީ
  • މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން
  • ޖާރނަލިޒަމް
  • މާކެޓިންގ

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޑިޖިޓަލް މީޑިއާ ޕްރޮޑަކްޝަން
  • މަލްޓިމީޑިއާ ޓެކްނޮލަޖީ
  • މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން
  • ޖާރނަލިޒަމް
  • މާކެޓިންގ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މި މިނިސްޓްރީން ރާވާ ހިންގާ އިވެންޓްތަކާއި، ޓީވީ ޕްރޮގްރާމްތައް ވީޑިއޯ ކުރުމާއި ފޮޓޯ ނެގުން.
  2. ޝޫޓިންގ ތަކުގައި ނެގޭ ވީޑިއޯ ތަކާއި، އޯޑިއޯތައް ފޮޓޯތައް މި މިނިސްޓްރީން އަންގާ ގޮތަށް ރައްކާކޮށް އާކައިވް ކުރުން.
  3. ވީޑިއޯ އާއި ފޮޓޯ އެޑިޓްކޮށް، ތައްޔާރުކޮށް ނިންމަންޖެހޭ ދުވަސްތަކަށް ނިންމުން.
  4. މި މިނިސްޓްރީން ބާއްވާ އިވެންޓްތަކާއި، ހަރަކާތްތަކުގައި ސައުންޑް، ލައިޓިން، ޕްރޮޖެކްޝަން، ފޮޓޯ، އަދި ވީޑިއޯ އަށް ސެޓަޕް ހެދުން.
  5. މަސައްކަތް ކުރުމުގައި ބޭނުންކުރާ އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން.
  6. ސްޓޫޑިއޯގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ތަކެތިހޯދުމަށް ހަމަޖެހިފައިވާ އުސޫލުން ތަކެތި ހޯދުން.
  7. ހަވާލު ކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
  1. އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ގްރެފިކްސް އާއި އެނިމޭޝަން ތައްޔާރުކޮށްދިނުމާއި ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާނޭ އުފެއްދުންތެރި ޚިޔާލުދިނުމާއި، މި މިނިސްޓްރީއިން ބޭނުންވާ ޑިޒައިނިންގ ތައްޔާރުކޮށްދިނުން.
  2. ދީނީ ޢިލްމުވެރިންނާއި ކޮންޓެންޓް އުފައްދާ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޓީވީ ޕްރޮގްރާމުތައް އުފައްދައި ހުށަހަޅައިދިނުމާއި އެގެނެސްދޭ ކޮންޓެންޓަކީ (ވީޑިއޯ/އޯޑިއޯ/ޓެކްސް އަދި އެހެނިހެން ވަސީލަތްތައް) އޯޑިއަންސް ހިތްހަމަޖެހޭފަދަ ކޮލިޓީއެއް ހުރި އެއްޗެއްސަށް ހެދުމަށް ގަދައަޅާ މަސައްކަތްކުރުން.
  3. ޓީވީއާއި އޮންލައިން އަދި މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ޕްރޮގްރާމުތައް އުފައްދާ ހުށަހެޅުމާއި، އޮންކެމެރާ ސްޓޭންޓަޕްސް ހެދުމާއި އިވެންޓްތައް ޓީވީ އަށް ލައިވްކުރުން.
  4. ޓީވީ އަދި އޮންލައިން ޕްލެޓްފޯމްތަކުގައި ހުށަހަޅާ ޕްރޮގްރާމުތަކަށް ރިޕޯޓް އަދި ސްކްރިޕްޓްލިއުމާއި، ކޮޕީއެޑިޓްކުރުން ނުވަތަ ރިރައިޓްކުރުން ވީޑިއޯ/އޯޑިއޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.
  5. ސްކްރިޕްޓްތައް އެޑިޓްކޮށް ޕްރޫފް ރީޑް ކުރުން
  6. އިވެންޓްތައް ކަވަރ ކުރަން ރަށުގައި އަދި ރަށުން ބޭރުގައި ހަރަކާތްތެރިވުން
  7. ކަރަންޓް އެފެއަރޒް ޕްރޮގްރާމްތައް އުފައްދާ ހުށަހަޅާދިނުން ނުވަތަ މިކަންކަން ކުރުމަށް އެހީތެރިވެދިނުން
  8. ތަފާތު ޑޮކިއުމެންޓްރީ ޕްރޮގްރާމުތައް އުފެއްދުން ނުވަތަ އުފެއްދުމަށް އެހީތެރިވުން
  9. ޓީވީއިން ހުށަހަޅަން ތައްޔާރުކުރާ ޕްރޮގްރާމްތައް ޕްޒެންޓްކުރުން
  10. ކޮންސޯލް އޮޕަރޭޓްކުރުމާއި، ސްޓޫޑިއޯގައި ހަރަކާތްތެރިވުން ނުވަތަ އެހީތެރިވެދިނުން.
  11. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ މިނިސްޓްރޯ އޮފް އިސްލާމިކް އެފެއާޒްގެ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ލިބިފައިވާ ތަޢުލީމު،
  2. މަސައްކަތު ތަޖުރިބާ،
  3. ލިބިފައިވާ ހުނަރު (އިންޓަވިއު)
  4. އޮފީހަށް ކޮންމެ ވަގުތަކުވެސް ނުކުންނަށް ޖެހިއްޖެނަމަ ނުކުމެވޭނެ ފަރާތެއްކަމުގައިވުން.
  5. އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަންޖެހިއްޖެނަމަ، ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 2024 ފެބްރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ އިތުރުވާނަމަ ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ  10 ފަރާތެކެވެ.  

އިންޓަރވިއުއާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2024 ފެބްރުވަރީ 20 އާއި 2024 ފެބްރުވަރީ 29 އާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 ނަންބަރު ފޯނާއެވެ.

08 ފެބުރުވަރީ 2024
ހޯދާ