އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލަށް 47 (R134A) ގޭސް ސިލިންޑަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                           ނަމްބަރު:137-IU/PR/2024/08

      އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

 މި ހޮސްޕިޓަލަށް 47 (R134A) ގޭސް ސިލިންޑަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

Details

Quantity

Cylinder R134A Refrigerant

47

 

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ކޯޓޭޝަން ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެންނެވެ.
  • މިތަކެއްޗަކީ މި ހޮސްޕިޓަލަށް ވަރަށް އަވަހަށް ބޭނުންވާ ތަކެއްޗަށްވާތީވެ، މަސައްކަތް ހަވާލުކުރާ ތާރީހުން ފެށިގެން 05 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާނެކަން ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު ، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • ވޭތުވެދިޔަ 3 އަހަރު ތެރޭގައި ހޮސްޕިޓަލަކަށް އޭސީގެ ގޭސްފަދަ ތަކެތި ސަޕްލައި ކޮށްދިންކަމަށް، މަސައްކަތް ކުރުވި ފަރާތުން ދީފައިވާ 1 ލިޔުން

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

90

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

3

ތަޖުރިބާ

10

ތަޖުރިބާގެ 1 ލިޔުން

 

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަލަށް 47 (R134A) ގޭސް ސިލިންޑަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބިޑް ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހުޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައ

1-      ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން

2-      މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3-      ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

2.      މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.  

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

  28 ރަޖަބް  1445

 08 ފެބްރުވަރީ 2024

08 ފެބުރުވަރީ 2024
ހޯދާ