ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީގެ އެއަރކޮންޑިޝަނަރތައް ސަރވިސްކޮށް ބަލަހައްޓައިދިނުމަށް 25 މާރިޗު 2015 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު IUL)202-A/1/2015/42) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މިއޮތޯރިޓީން މަޢުލޫމާތު ދީފައިވާގޮތާ ޚިލާފަށް ހުށަހަޅާފައިވާތީ، އެއިޢުލާން ބާޠިލުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދި ދެންނެވީމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
18 ޖުމާދަލްއާޚިރާ 1436