މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކުޑަފަރީ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކާބޯތަކެތިން އުފެދޭ ކުނި (ބަދިގެ ބާކީ) ރައްކާތެރިގޮތުގައި ރީސައިކަލްކޮށް ކާދަށް ބަދަލުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ އާލާތް މި އިދާރާއަށް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އާލާތުގެ ސްޕެސިފިކޭޝަންތައް މި އިޢުލާނާއި އެކު ޝާއިރުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި އެ ވަނީއެވެ.

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

https://shorturl.at/mvyNS

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 އިން ފެށިގެން 2024 ފެބުރުވަރީ 21 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2024 ފެބުރުވަރީ 28 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 ގައި މި އިދާރާ ގައެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ވިޔަފާރިއަކުން އެ ވިޔަފާރިއެއްގެ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ އެކަން އަންގައިދޭ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް
(ޢަލީ މުޒުހިރު، ކައުންސިލް އެގްޒެކެޓިވް):

7217070

08 ފެބުރުވަރީ 2024
ހޯދާ