މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Developing Countries Partnership Scholarship (KNB Scholarship) Indonesia

 

 

Developing Countries Partnership Scholarship

 (KNB Scholarship) Indonesia

 

އިންޑޮނޭޝިއާގެ އެކި ޔުނިވަރސިޓީ ތަކުގައި ޑިވެލޮޕިންގ ކަންޓްރީޒް ޕާޓްނަރޝިޕް ސްކޮލަރޝިޕް (ކޭ.އެން.ބީ ސްކޮލަރޝިޕް) ގެ ދަށުން ބެޗެލަރސް، މާސްޓަރސް، އަދި ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލައިފައިވާކަމަށް، ކޮލޮންބޯގައި ހުންނަ އިންޑޮނޭޝިއާ އެމްބަސީ އިން ވަނީ އަންގަވައިފައެވެ.

މިސްކޮލަޝިޕްގެ ދަށުން ދަރިވަރުންނަށް ސެޓްލްމެންޓް އެލަވެންސް، ޓިއުޝަން ފީ، އެކޮމޮޑޭޝަން ފީ، ރިސާރޗް އެންޑް ބުކް އެލަވެންސް، ހެލްތް އިންޝުރެންސް އަދި ޓިކެޓް، ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

 

ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުވަރީ 2024 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

https://knb.kemdikbud.go.id/

 

ސްކޮލަރޝިޕާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އީމެއިލް އަދި ނަންބަރަށް ގުޅުއްވުން އެދެމެވެ.

[email protected]

94768848106+

..............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

08 ފެބުރުވަރީ 2024
ހޯދާ