މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބޭނުމަށް 2 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

މިއިދާރާގެ ނަންބަރު 14 (IUL)335-AS/335/2024/ގުޅިގެން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޑެލިވަރީ މުއްދަތު އެކަށީގެންވާވަރަށް ވުރެށް ބޮޑުވުމުން އެ އިޢުލާނަށް ހުށަހަޅާފައިވާ ބިޑްތައް ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުސަތުހުޅުވާލަމެވެ.

          ކައުންސިލްގެ ބޭނުމަށް 2 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

         މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18 ފެބްރުއަރީ 2024  ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/62K4LJPMXbC6diRY7

     ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ  13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތުކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

08 ފެބުރުވަރީ 2024
ހޯދާ