މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އައު އޮފީސް ޢިމާރާތުގައި ޑެގެއް އެޅުމާއެކު، ޕާޓިޝަންޖެހުމާއި، ވައިރުކުރުމާއި އަދި އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އައު އޮފީސް ޢިމާރާތުގައި ޑެގެއް އެޅުމާއެކު، ޕާޓިޝަންޖެހުމާއި، ވައިރުކުރުމާއި އަދި އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އޮފީސް އައު ޢިމާރާތުގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  1. ޑެގެއް އެޅުން
  2. ޕާޓިޝަން ޖެހުން
  3. ކަރަންޓް ވައިރުކުރުން
  4. ނެޓްވާރކް ކޭބަލް އެޅުން
  5. އޭ.ސީ ހަރުކުރުން

 

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:

 

މިއިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ފެބްރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައެވެ.

 

އަންދާސީހިސާބުބަލައިގަތުމާހުޅުވުން:

 

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 15 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

07 ފެބުރުވަރީ 2024
ހޯދާ