ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ މަސްޖިދުލް ބާގިޔާތުއް ޞާލިހާތުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ މަސްޖިދުލް ބާގިޔާތުއް ޞާލިހާތުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން.

            މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މަސްޖިދުލް ބާގިޔާތުއް ޞާލިހާތު" މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

            މި ބީލަމުގައި ބައިވެރިވެ ލެއްވުމަށް އެދޭ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2024 ފެބުރުއަރީ  12 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

            ބީލަން ބަލައިގަތުން އޮންނާނީ 2024 ފެބުރުއަރީ  15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރ ލިޔެވިފައި އޮންނަންވާނެއެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިއުލާންކުރީމެވެ.

06 ފެބުރުވަރީ 2024
ހޯދާ