މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިބާދާތު މަރާމާތު ކޮއްދޭނޭ ފަރާތެއް ހޯދުމާ ގުޅޭ

މިހާރު ނ. ކުޑަފަރީގައި ބޭނުންކުރަމުންދާ މަސްޖިދުލް ޢިބާދާތުގެ އުތުރު ފަރާތުގެ ފެންޑާބައިގައި ޖަހާފައިވާ ސަތަރިތައް ބައުވެ ހަލާކުވެފައިވާތީ އާއި މިސްކިތުގެ ޖާގަ އެންމެ އެކަށީގެންވާގޮތެއްގައި ބޭނުން ހިފުމަށްޓަކައި އަދި މަސްޖިދުލްޢިބާދާގެ އާބާތުރަފިލުވުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދާން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ .

ރަޖިސްޓްރީ ލިންކްhttps://shorturl.at/lqvLZ :

 

މަސައްކަތާ ގުޅޭ މަޢުލޫމާތު ބައްދަލުވުން މާދަމާ 8 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަދި މި މަސައްކަތާއި ގުޅޭ މަޢުލޫމާތުކަރުދާހާއި ބީލަންފޯމް އިޢުލާނާ އެކު ޝާއިޢުކުރެވިފައިވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި މި އިދާރާ ގައެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް
(ޢަޙްމަދު މަޙްފޫޟް، ސެކްރެޓަރީ ޖެނެރަލް):

7680825

07 ފެބުރުވަރީ 2024
ހޯދާ