ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

 

މުވައްޒަފުން ބޭނުންވާ މަޤާމްތައް:

މަޤާމުގެ ނަން:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމް އޮތް އޮފީސް:

ހިރިޔާ ސްކޫލް

ވަޒީފާއަދާކުރަންޖެހޭ ތަން:

ހިރިޔާ ސްކޫލް، ކ. މާލެ

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

ބަޖެޓް

އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3،470

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެސް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސާއި، އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ސްކޫލުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުމާއި، އެހެނިހެން ތަކެތި، ސްކޫލުގެ އިދާރާއިން އަންގާ ގޮތެއްގެ މަތީން އެފަރާތްތަކަށް ރައްދުކުރުން.
  2. އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާއާއި ޗެކުފަދަ ތަކެތި، ސްކޫލުން އަންގާ ގޮތެއްގެ މަތީން ހަވާލުކުރުން.
  3. ޖަލްސާއާއި ބައްދަލުވުންފަދަ ހަރަކާތްތަކަށް ދަޢުވަތުކާޑު ރައްދުކުރުން.
  4. ސްޓޮކަށް ބޭނުންވާ ތަކެތި ގެނެސް، ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން.
  5. ސްޓޮކަށް ބޭނުންވާ ކޯޓޭޝަން ހޯދުމުގައި އެހީތެރިވެދިނުން.
  6. މަރާމާތުކުރަންޖެހޭ މެޝިނަރީތައް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގެނައުން.
  7. އެސެންބްލީ ގަނޑިއަށް ސައުންޑާއި، ސްކޫލް ދިދަ ތައްޔާރުކުރުން.
  8. ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމުކޮށް، ހޯލު ތައްޔާރުކުރުމުގައި ބައިވެރިވުމާއި، އެފަދަ ހަރަކާތްތަކުގެ ސައުންޑް ތައްޔާރުކުރުމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހިރިޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠުފުރިހަމަވާ ފަރާތްތަކުން 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

 

 

 

- މި  މަޤާމަށް  މީހަކު  ނެގުމަށް  ހަމަޖެހިފައިވަނީ  އިންޓަވިއު  ކުރުމަށްފަހުގައެވެ.  އެހެންކަމުން،  މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތު އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ހިރިޔާ ސްކޫލުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ