މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުލް ރަޖާއުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުމާއި ބެހޭ

1445ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުލް ރަޖާއުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުމާއި ބެހޭ

1445ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދު ރަޖާއުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡެއް "ރާއްޖެއިންބޭރުން ނުވަތަ ރާއްޖެއިން" ގެނެސް ގެންދިއުމާއި އެފަރާތުގެ ހުރުމާއި ކެއުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)280/INDIV/2024/6 (28 ޖަނަވަރީ 2023) އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީއަގު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 08 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް  މިއިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 13 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް  މިއިދާރާއަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާ ދެންނެވީމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

06 ފެބުރުވަރީ 2024
ހޯދާ