މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ / އެންޑެންޖާޑް ތްރެޓެންޑް އެންޑް ޕްރޮޓެކްޓެޑް ސްޕީޝީސް (އީ.ޓީ.ޕީ.) މޮނިޓަރިން އެންޑް ރިސަރޗް ސެކްޝަން،

މަޤާމު:

ޑިރެކްޓަރ 

މަޤާމުގެ ނަންބަރު:

J-348173

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް / އެންޑެންޖާޑް ތްރެޓެންޑް އެންޑް ޕްރޮޓެކްޓެޑް ސްޕީޝީސް (އީ.ޓީ.ޕީ.) މޮނިޓަރިން އެންޑް ރިސަރޗް ސެކްޝަން، ކ.މާލެ

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ) އެކުއަޓިކް އިކޮލޮޖީ،  ފިޝަރީޒް ސައިންސް، މެރިން ބަޔޮލޮޖީ، އޯޝަން ސައިންސް، އޯޝެނޮގްރަފީ( ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: 3092.25 ( ތިންހާސް ނުވަދިހަ ދެރުފިޔާ ފަންސަވީސް ލާރި)
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ދިވެހިރާއްޖޭގެ ޕެންޝަނާއި ބޭހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ދިރުމާއި ގުޅުންހުރި ދިރާސާ މަސައްކަތްތަކުގެ އަމާޒު ކަނޑައަޅައި، އަމާޒަށް ވާސިލުވުމަށް މުވައްޒަފުން ގައިޑް ކުރުން.
  • ކަނޑުފަޅުގެ މާހައުލީ ނިޒާމާއި ގުޅޭ ދިރާސާ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓް ރޭވުމާއި، މަސައްކަތްތަކާއި ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގައި ގައިޑްކުރުން.
  • ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ދިރުމާއި ގުޅުންހުރި ދިރާސާ މަސައްކަތްތަކާއި ގުޅުންހުރި ސައިންޓިފިކް ލިޔުންތައް ތައްޔާރުކުރުމަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެ މަސައްކަތުގައި ބައިވެރިވުން.
  • ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ދިރުމާއި ގުޅުންހުރި ދިރާސާ ޕްރޮގްރާމްތައް ހިންގާނޭ ގޮތާއި، އެއްކުރާ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޕްރޮޓޮކޯލްތައް އެކުލަވާލުމާއި މި ޕްރޮޓޮކޯލްތަކަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތުގައި މުވައްޒަފުން ގައިޑްކުރުން.
  • ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ދިރުމާއި ގުޅުންހުރި ކަނޑުފަޅުގެ މަހައުލީ ނިޒާމާއި ގުޅޭ ދިރާސާ ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ޚާއްސަ އިދާރީ ކަންކަމާއި ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
  • ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ދިރުމުގެ ބަޔޮލޮޖިކަލް އަދި އިކޮލޮޖިކަލް މައުލޫމާތުގެ އަލީގައި މިބާވަތްތަކުގެ އާބާދީ ދެމެހެއްޓުމާއިމެދު ލަފާ ދިނުން.
  • ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ދިރުމުގެ ބަޔޮލޮޖިކަލް އަދި އިކޮލޮޖިކަލް ދިރާސާތަކުގެ ނަތީޖާގެ އަލީގައި ތަފާތު ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވިލަރެސްކުރުން.
  • މާކަނޑާއި ފަރުތަކުގެ ދިރުންހުރި ތަފާތު ވަސީލަތްތައް ބޭނުންކުރެވޭ ގޮތްތަކާއި، މިވަސީލަތްތައް ބޭނުންކުރާ އެކި ދާއިރާތަކުގެ މެދުގައި ހުރި ފުށުއެރުންތައް ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓުމަށް މިފަދަ ފުށުއެރުންތައް މެނޭޖް ކުރުމާއި ގުޅޭ ލަފާ ދިނުން.
  • ކަނޑުފަޅުގެ މާހައުލީ ނިޒާމާއި ގުޅޭގޮތުންނާއި، ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ކަނޑުގެ ދިރުމާއިގުޅޭގޮތުން ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރުން
  • ކަނޑުތަކުގެ މާހައުލީ ނިޒާމާއި، މުހިންމުކަންދޭ ކަނޑުގެ ދިރުމާއި ގުޅޭ ރިސާރޗް ދާއިރާއިން ގައުމީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް އުފައްދާ، އެކި ދިރާސާތައް ހިންގުމުގެ ޒަރިއްޔާއިން އިންސްޓިޓިއުޓްގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ކަންކަން ރޭވުން.
  • ކަނޑުތަކުގެ މާހައުލީ ނިޒާމާއި ގުޅުންހުރި ދާއިރާތަކުން، އިންސްޓިޓިއުޓްއިން އެކިއެކި ފަރާތްތަކާއި ގުޅިގެން ހިންގޭ ދިރާސާ ޕްރޮގްރާމްތައް ފަރުމާކުރުމުގައި އިންސްޓިޓިއުޓްގެ ދިރާސާ އަމާޒުތަކާއި އެއްހަމަކުރުމަށް ލަފާ ދިނުމާއި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
  • އެކި ފަރާތްތަކުން ރާއްޖޭގައި ކުރަމުންދާ، ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ކަނޑުގެ ދިރުމާއިގުޅޭ ދިރާސާތަކާއި ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.
  • ނެތިހިނގައިދާނޭކަމުގެ ބިރު އޮންނަ ކަނޑުގެ ދިރުމާއި، މާހައުލީގޮތުން މުހިންމުކަންދޭ ދިރުމުގެ ދިރާސާތަކުގެ ނަތީޖާ ސައިންޓިފިކް ޖާނަލްތަކުގައި ޝާއިޢުކުރުން.

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނާރސް ޑިގްރީއެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެކުއާކަލްޗަރ
  • އެކުއަކަލްޗަރ އިންޖީނިއަރިންގ
  • އެކުއަޓިކް އިކޮލޮޖީ
  • އެކުއޭޓިކް ޕެތަލޮޖީ
  • ބަޔޯކެމިސްޓްރީ
  • ކޮރަލް ރީފް އިކޮލޮޖީ
  • އެންވަޔަރަންމެންޓަލް ސައިންސް
  • ފިޝަރީޒް ސައިންސް
  • މެރިން ބަޔޮލޮޖީ
  • މެރިން ސައިންސް
  • މެސޮފިޓިކް ރިސަރޗް
  • އޯޝަން ސައިން
  • އޯޝެނޮގްރަފީ
  • ޓެކްސޮނޮމީ

މަޤާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން:

  • އެކުއަޓިކް އިކޮލޮޖީ
  • ފިޝަރީޒް ސައިންސް
  • މެރިން ބަޔޮލޮޖީ
  • އޯޝަން ސައިންސް
  • އޯޝެނޮގްރަފީ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ފިޝަރީޒް
  • މެރިން ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  1. (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 14 ފެބްރުވަރީ 2024  އާއި 05 މާރިޗު 2023 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339211 ނުވަތަ 3322625 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

06 ފެބުރުވަރީ 2024
ހޯދާ