އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 3 ވަނަ ޤުރުޢާން މުބާރާތް 1445

ނަންބަރު: A/IUL/344/2024/18

އިޢުލާން

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ 3 ވަނަ ޤުރުޢާން މުބާރާތް 1445

މިކައުންސިލްގެ 3 ވަނަ ޤުރުޢާން މުބާރާތް  17 މާރޗް 2024 އިން 20 މާރޗް 2024 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ދެންނެވި ޤުރުޢާން މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، 2024 ފެބުރުއަރީ 15 އިން 2024 ފެބުރުއަރީ 29 ގެ މެންދުރު ފަހު 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ނުވަތަ މިކައުންސިލްގެ އީ.މެއިލް ([email protected]) މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެންހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ފެބުރުވަރީ 2024
ހޯދާ