މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ސްކޫލުގެ ކޮމްޕިއުޓަރ ލެބުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!

މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސްކޫލުގެ 7983090 ފޯނަށް ގުޅައިގެން ނުވަތަ [email protected]  އަށް މެއިލްކޮށްގެން މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި މައުލޫމާތު ބައްދަލުވުމަށް  ހާޟިރުނުވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން ދެވޭނެ މަޢުލޫމާތު، އެއްބަސްވުން ހިމެނޭ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ރަޖިސްޓްރީ ކުރުމުގެ މުއްދަތު

07 – 11 ފެބުރުވަރީ 2024 (އާދީއްތަ) ދުވަހުގެ ހެނދުނު 10:00 އަށް

މަޢުލޫމާތު ސެޝަން

12 ފެބުރުވަރީ 2024 (ހޯމަ) ދުވަހުގެ ހެނދުނު 10:00 ގައި

އަގުފޯމް ހުށަހެޅުމާއި އަގު އިޢުލާން ކުރުން

15 ފެބުރުވަރީ 2024 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި

މި، އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތަށް ކޮލިފައިވާ ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ފެބުރުވަރީ 2024
ހޯދާ