ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު ޕްރީ-ސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

 

ޢިއުލާން

2024 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

           2024 ވަނަ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

              ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

  • 2023 ވަނަ އަހަރުގެ ޑިސެންބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

 ނޯޓް: (އެލް.ކޭ.ޖީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރ 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ވީނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެ ނަމަ އެ ކުއްޖާއަށް ދެވިދާނެއެވެ.)

ޔޫ.ކޭ.ޖީ

  • އެލްކޭޖީ ފުރިޖހަމަކޮށް، 2023 ޑިސެންބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން
  • 2024-2023 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ،

 

ގްރޭޑް 1

  • ފައުންޑޭޝަން ސްޓޭޖް (އެލްކޭޖީ އާއި ޔޫކޭޖީ) ފުރިހަމަކޮށް، 2023 ޑިސެންބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.
  •  2024-2023 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 

ވީމާ، 2024 ފެބްރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2024 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު، ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، ރަސްމީ ގަޑީގައި މި ސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

ނޯޓު: 06 ފެބްރުއަރީ 2024 އިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 14:00 އާ ދެމެދު ސްކޫލްގެ އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ސްކޫލް ފޯން ނަންބަރު: 6680842، ނުވަތަ އީ.މެއިލް [email protected]v އަށް މެއިލް ކުރެއްވުން އެދެމެވެ.

                           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

            

              06 ފެބްރުއަރީ 2024

 

06 ފެބުރުވަރީ 2024
ހޯދާ