ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހިން ހޯދުމަށް.

އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހިން ހޯދުމަށް.

 

1445 ވަނަ އަހަރުގެ ރަމަޟާންމަހު ހއ.އިހަވަންދޫ 4 މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި 04 ޙާފިޡުން ހޯދަން ބޭނުންވެއެވެ. އަދި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރަން ވަޑައިގަންނަވާ ބޭފުޅުންނަށް މިއިދާރާގެ ފަރާތުން ހަމަޖައްސަވާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

 

  • ޙާފިޡުންގެ ދަތުރު ޚަރަދާއި ފަރިއްކޮޅާއި ހުރުމުގެ ޚަރަދު.
  • ތަރާވީޚް ނަމާދުކުރާ ކޮންމެ ރެއަކަށް 500 (ފަސްސަތޭކަ ރުފިޔާ)

 

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޙާފިޡުކަމުގެ ސަނަދާއި، ލިބިފައިވާ ތަޖުރިބާ ލިޔުންތަކާއި ވަނަވަރު އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ އާއެކު މިކަމަށް އެދި ސިޓީއަކުން އިހަވަންދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected]   ސިޓީއާއެކު މެއިލްކޮށް ދެއްވުން އެދެމެވެ.

 

މިކަމަށް 04 ފަރާތަށް ވުރެ ގިނަފަރާތުން އެދޭނަމަ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖްރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް  ލިބޭ 04 ފަރާތެކެވެ. މިކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 14 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 އެވެ. މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް ޢަލީ އަރުޝަދު (ފޯން ނަންބަރު: 9850584) އަށް ގުޅުވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

‏                                     26‏ ރަޖަބް‏ 1445

06 ފެބުރުވަރީ 2024
ހޯދާ