ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މަޤާމު

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3،000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން  ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލުކޮށްފައިވުން.

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  • އޮތޯރިޓީން ޤާނޫނީ ގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް (ގަވާއިދުތަކާއި، ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި އެގްރިމެންޓްތަކާއި އެހެނިހެން ޤާނޫނީ ލިޔުންތައް) ތައްޔާރުމާއި، އެފަދަ ކަންކަމާގުޅިގެން އޮތޯރިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށް އެފަދަ ލިޔެކިޔުންތައް ބެލެހެއްޓުން.
  • އަނިޔާ ލިބޭ ފަރާތްތަކަށް، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން އޮތޯރިޓީއިން ދޭންޖެހޭ ޤާނޫނީ ލަފާއާ އެހީތެރިކަން ފޯރުކޮށްދިނުން.
  • އަނިޔާކުރާ ފަރާތްތަކަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފުލަންޖެހޭ މަދަނީ އަދި ޖިނާޢީ ޒިންމާތަކާގުޅޭގޮތުން ހޭލުންތެރިކުރުވުން.
  • ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި އޮތޯރިޓީން ތަދައްޚުލުވާންޖެހޭ ޙާލަތްތަކުގައި އޮތޯރިޓީ ތަމްސީލުކުރުމާއި އޮތޯރިޓީގެ މައްޗަށް ކޯޓުތަކުގައި އުފުލާ މައްސަލަތަކުގައި އޮތޯރިޓީ ތަމްސީލްކުރުން.
  • އޮތޯރިޓީއިން ހިންގާ ހޭލުންތެރިކުރުވުމުގެ އަދި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ޤާނޫނޫއާގުޅޭ ސެޝަންތައް ނަގައިދިނުން.
  • އޮތޯރިޓީގެ ބޯޑަށާއި، ސީ.އީ.އޯއަށް އަދި ޑިވިޝަންތަކަށް ބޭނުންވާ ޤާނޫނީ ލާފާ ދިނުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.
  • އޮތޯރިޓީއާ ގުޅުންހުރި ޤާނޫނުތައް ބަލައި، ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ރައްކާތެރިކަމުގެ އަމުރަށް އެދި ކޯޓަށް ހުށަހެޅުމުގައި، އަމުރު ހޯދުމުގައި، އަމުރު ތަންފީޒުކުރުމުގައި ދިމާވާ މައްސަލަތައް ފާހަގަކޮށް އެކަންކަން ދިރާސާކުރުން.
  • އޮތޯރިޓީއާ ޖުޑީޝަރީއާ ގުޅިގެންކުރަންޖެހޭ ޤާނޫނީ މަސައްކަތްތައްކުރުން.

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.  
  • ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

  • މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
  • އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 14 އެޕްރީލް 2014 ވަނަދަހުގެ 14:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

21 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ