މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire local media agency to cover ITB Berlin 2024

                                                                                  (IUL)MMPRC-PRO/1/2024/12 :ނަންބަރު   

 

 

އިޢުލާން

2024 ވަނަ އަހަރުގެ މާރިޗު މަހުގެ 05 ން 07 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގެ ޚަބަރުތައް ކަވާކުރުމަށް ދިވެހި ނޫސް އެޖެންސީ ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ފެބްރުއަރީ 06 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އަށް، ހ. ޒޮނޭރިޔާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ފެބުރުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                         25 ރަޖަބު 1445ހ.

                         05 ފެބްރުއަރީ 2024މ

05 ފެބުރުވަރީ 2024
ހޯދާ