މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ބިޒްނަސް ޑިވެލޮޕްމަންޓް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2024/11

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޑިރެކްޓަރ، ބިޒްނަސް ޑިވެލޮޕްމަންޓް

މުސާރަ (މަހަކު) : -/19,602 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/6,861 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/5,881 ރުފިޔާ މަހަކު  

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާޓްމަންޓް / ސެކްޝަން: ބިޒްނަސް ޑިވްލޮޕްމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު، މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން (ނުވަތަ)،

ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ.  އިންޑަސްޓްރީގެ އެންމެ ފަހުގެ މައުލޫމާތު ރިސަރޗްކޮށް ހޯދައި، މަސައްކަތްތަށް އިތުރަށް ފުޅާކޮށް، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއެރުވިދާނެ ގޮތްތަކެއް ހޯދުން. 

ށ. ޑިވެލޮޕްމަންޓް ޕްލޭންސްތައް ތައްޔާރުކޮށް، ގްރޯތް ޕްރޮޖެކްޝަންސްތައް  ފޯކާސްޓްކުރުން.

ނ. އެގްޒެކެޓިވް ޓީމާއި އަދި ގުޅުން ހުރި އެހެނިހެން މުވައްޒަފުންނާ ގުޅިގެން މާކެޓިން ސިޔާސަތުތައް އެކުލަވާލާ ތަންފީޒްކުރުމުގެ މަސައްކަތްކުރުން.

ރ. އިންޑަސްޓްރީ އާ ގުޅުންހުރި ހަފްލާ ތަކުގައި ބައިވެރިވެ، ކޯޕަރޭޝަން ތަމްޞީލުކުރުން.

ބ. ބައްދަލުވުންތަކާއި، ނެޓްވަރކިންގ ސެޝަންތަކާއި އަދި އެނޫންވެސް ޒަރިއްޔާއިން ފުރުޞަތުތައް ހޯދުމުގެ މަސައްކަތްކުރުން.

ޅ. ސްޓޭކް ހޯލްޑަރުންނާއި، ޕްރޮފެޝަނަލް ގުޅުން ދެމެހެއްޓޭނެ ނިޒާމުތައް އެކަށައަޅައި ތަންފީޒްކުރުން.  

ކ. ބިޒްނަސް ޑިވެލޮޕްމަންޓާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ޑޭޓާތައް އެނަލައިޒްކޮށް އެގްޒެކެޓިވް ޓީމަށް ޕްރެޒެންޓް ކުރުން.

އ. ކޯޕަރޭޝަންގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމަށް މަސައްކަތް ކުރުން.

ވ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

05 ފެބުރުވަރީ 2024 

 
05 ފެބުރުވަރީ 2024
ހޯދާ