އެކައުންޓްސް އޮފިސަރ |
މަޤާމު
|
3
|
ގްރޭޑް
|
ފައިނޭންސް އެންޑް އެކައުންޓްސް
|
ސެކްޝަން
|
ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
|
ޑިޕާޓްމަންޓް
|
1
|
އަދަދު
|
-/8،200 ރުފިޔާ
|
މުސާރަ
|
-/3،000 ރުފިޔާ
|
ލިވިންގް އެލަވަންސް
|
-/2،500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
- އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
|
އިތުރު އިނާޔަތްތައް
|
- މިދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މި ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
- ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން.
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށްވުން.
- މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
|
މަޤާމުގެ ޝަރުޠު
|
- ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނާއި ކަމާބެހޭ ދެންނެވުން ތަކުގައިވާގޮތުގެ މަތިން، ފައިސާއާ ބެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކުރުމާއި، ފައިސާއާބެހޭ ލިޔެކިޔުން ތައްޔާރު ކުރުމާއި، ބަޖެޓުން ފައިސާ ޚަރަދު ކުރުމުގެ އަދި މިނޫންވެސް ފައިސާއާ ބެހޭ އެންމެހައި މުޢާމަލާތުތައް ހިންގައި ބެލެހެއްޓުން.
- ކޮމިޝަނުން ރައްޔަތުންގެ މަޖިލީހަށް ހުށަހެޅުމަށް ޤާނޫނު ލާޒިމުކުރާ އެންމެހައި ރިޕޯޓު އެ ކަނޑައަޅާ ދުވަހަށް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.
- ވީކްލީ ތިޖޫރީ ރިޕޯޓު ތައްޔާރުކުރުމާއި ބަޖެޓާ ބެހޭ މިފަދަ އެހެނިހެން ރިޕޯޓުތަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވޭނެގޮތަށް ތައްޔާރުކޮށް ވެރިންގެ ލަފާގެމަތީން އެތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖެއްްސުން.
- ކޮމިޝަނުގެ އެކިއެކި ޕްރޮޖެކްޓްތަކުގެ ބަޖެޓް ބެލެހެއްޓުން، ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން، ބަޖެޓް ބާކީ ޗެކްކުރުން.
- ކޮމިޝަނުގެ އިންވެންޓްރީ ބެލެހެއްޓުން.
- މުވައްޒަފުންނަށް މުސާރައާއި، އެލެވަންސްއާއި އެހެނިހެން ފައިސާ ގަވާއިދުން ދިނުމަށް ތައްޔާރުކުރާ މުސާރަ ޝީޓާއި އެހެނިހެން ލިޔުން ފުރިހަމައަށް ޗެކްކޮށް އެފަދަ ފައިސާ ގަވާއިދުން ދެމުން ގެންދެވޭނެ އިންތިޒާމް ބަޖެޓްގެ ތެރެއިން ހަމަޖެއްސުން.
- ވައުޗަރ ތައްޔާރުކުރުން (ޕަރޗޭސް ބިލް ހެދުން) އަދި ވައުޗަރ ރެޖިސްޓަރ ތައްޔާރުކުރުމާއި އެތަކެތި ފުރިހަމައަށް ޗެކްކުރުން.
- ކްރެޑިޓް ބިލްތައް ޗެކްކުރުން.
- ކޮމިޝަނުން އެކިފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކަށް ތައްޔާރުކުރާ އެއްބަސްވުންތަކަށް ބޭނުންވާ ބަޖެޓާބެހޭ މަޢުލޫމާތު ފުރިހަމަކޮށްދިނުން.
- ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން.
- ކޮންމެ އަހަރަކަށް ލަފާކުރާ ކޮމިޝަނުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އަންގަވާ މުއްދަތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ކޮމިޝަނުންގެ އިންޓަރނަލް އޯޑިޓްގެ މަސައްކަތާއި އަހަރީ އޯޑިޓްގެ މަސައްކަތް ހަމަޖައްސާ އުސޫލާ އެއްގޮތައް ކުރުން.
- ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރަށް ކުރުވޭ ދަތުރުތަކަށް ބަޖެޓުން ފައިސާ ހަމަޖެއްސުމުގެ އެންމެހައި މަސަކަތް ކުރުން.
- ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް، www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް، ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް،
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ އެފަރާތުގެ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
|
ހުށަހަޅަންޖެހޭ ތަކެތި
|
22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
|
ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|
އިންޓަވިއު ކުރުން
|