މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިވެލުއޭޝަން އާންމުކުރުން

        މި އިދާރާގެ ނަންބަރު (IUL)335-AS/335/2024/12  ( 16 ޖަނަވަރީ 2024 ) ރަށުގެ ބަނދަރު އަދި ހިއްކި ފަސްގަނޑުގައި ކަދުރު ރުއް އިންދުމަށް ރުއް ސަޕްލައިކޮށް އިންދައި ދިނުމުގެ އެންމެހައި މަސައްކަތަށް  ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 3 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ  ބިޑް ކޮމެޓީ 2024 ވަނަ އަހަރުގެ 04 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

އިންޓާރގްރޭޓެޑް މާރކެޓިންގ ސޮލިއުޝަން އެންޑް ޓްރޭޑިން ޕްރައިވެޑް ލިމިޓެޑް

     2.     ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-

ކުންފުނީގެ ނަން:-

ރިއަލް ޑީލް އިންވެސްޓްމެންޓް

ކާމިޔާބްނުވި ސަބަބު:

އެންމެގިނަ ޕޮއިންޓް ނުލިބުމުން

ކުންފުނީގެ ނަން:-

ބްރާވޯ މޯލްޑިވްސް

ކާމިޔާބްނުވި ސަބަބު:

އެންމެގިނަ ޕޮއިންޓް ނުލިބުމުން

ކުންފުނީގެ ނަން:-

ކައްޕި

ކާމިޔާބްނުވި ސަބަބު:

އެންމެގިނަ ޕޮއިންޓް ނުލިބުމުން

             ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 12 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

އީ.މެއިލް :[email protected]                         ފޯން ނަންބަރު :- 6642024 

05 ފެބުރުވަރީ 2024
ހޯދާ