މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ

މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: އެސިސްޓަންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު: 01   

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: 5،500.00 ރުފިޔާ        

ސަރވިސް އެލަވަންސް: 1،000.00 ރުފިޔާ     

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް - ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު 

  • ޖީ.ސީ.އީ އޯ ލެވެލް ނުވަތަ 2 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން
  • މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު ޑިއުޓީ ޝިފްޓްގައި މަސައްކަތްކުރެވޭނެ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ފެރީ ޓިކެޓުކެނޑުމާއި، ކަސްޓަމަރުންނަށް ފެރީ ޓިކެޓާބެހޭ ޚިދުމަތް ފޯރުކޮށްދިނުން އަދި ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން.

މަޤާމު: ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: 7،800.00 ރުފިޔާ

ސަރވިސް އެލަވަންސް: 2،000.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް: 2،500.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސީ.ޕީ.އެމް.ޑީ/ ޑިޕާޓްމަންޓުން ކަނޑައެޅިފައިވާ ސައިޓުތަކުގައި ނުވަތަ ހެޑްއޮފީހުގައި

ޝަރުޠު:         

  • ހަޔަރ ޑިޕްލޮމާ ނުވަތަ ޑިގްރީ ގުޅުންހުރި ދާއިރާއަކުން ނިންމާފައިވުމާ އެކު 3 ނުވަތަ 4 އަހަރުގެ ކޮންސްޓްރަކްޝަން އިންޖިނިއަރިން ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖްއާއި އޮޓޯކޭޑްއަށް ފަރިތަވުން އަދި ފޮޓޯޝޮޕް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޕްލޭނިންގ ޓޫލްސްފަދަ މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާއަށް ފަރިތަވުން.
  • ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާ އެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން
  • ކުރުމަށް ލަފާދިނުމާއި ރޭވުން އަދި މިމަސައްކަތް ހިގަމުންދާގޮތް ބެލުމާއި
  • ކޯޑިނޭޓްކުރުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި އަމަލީ ގޮތުން
  • ކުރަންޖެހޭ ކަންކަންކުރުން. ގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ
  • ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަޤާމު: ވެބް ޑިވެލޮޕަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

ޑިޕާޓްމަންޓް: އިންފޯރމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: 6،600.00 ރުފިޔާ

ސަރވިސް އެލަވަންސް: 1،500.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް: 2،000.00 ރުފިޔާ

އެޑިއުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު   

  • ޑިގްރީ ނުވަތަ ޑިޕްލޮމާ - ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ސޮފްޓްވެއަރ ޑެވެލޮޕްމަންޓްގެ ރޮނގުން، ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައި ވުމާއެކު އެފަދަ ދާއިރާއެއްގައި 3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  
  • ވެބް އެޕްލިކޭޝަންސް ސްޓްރަކްޗަރކޮށް ތަރައްޤީކުރުމުގެ ހުނަރު ލިބިފައިވުން.
  • އޭ..އެސް.ޕީ ނެޓް، ވީ.ބީ ނެޓް ނުވަތަ ސީނެޓް އަށް ފަރިތަވުން އަދި އެޕްލިކޭޝަންތައް ތަރައްޤީކުރުމުގެ ކަންކަންކުރުމުގެ ޤާބިލުކަންހުރުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ވެބް ސަރވަރ ތަކާއި އޮޕަރޭޓް ކުރާ ސިސްޓަމްތައް އަޕްގްރޭޑްކޮށް މެއިންޓެއިންކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • އެމް.ވައި އެސް.ކިއު.އެލް ނުވަތަ އެމް.އެސް އެސް.ކިއު.އެލް ސަރވާރގެ ޑޭޓާބޭސް މޭނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މިމަސައްކަތުގައި ދިމާވާ މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުންޏަށް ބޭނުންވާ އައު ސޮފްޓްވެއަރތައް މެނޭޖްކޮށް އަދި ބޭނުން ކުރަމުންގެންދާ ސޮފްޓްވެއަރތައް ތަރައްޤީކޮށް ބެލެހެއްޓުން އަދި ކުންފުނީގެ އިންޓްރާނެޓްއާއި ކޯރޕަރޭޓް ވެބްސައިޓް ތަރައްޤީކުރުމުގެ އެންމެހައި މަސައްކަތް މެނޭޖްކުރުން؛ ކުންފުނީގެ ވެބް ޕޯޓްފޯލިއޯގެ އެޑްމިނިސްޓްރޭޝަން މަސައްކަތް ދުވަހުންދުވަހަށް ކުރުން، މިކަމުގައި ދިމާވާ މައްސަލަ ބަލައި ދިރާސާކޮށް ލަފާދިނުން އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދަމަހައްޓައި އަދި މިކަމާބެހޭ ރިޕޯޓު ތައްޔާރުކުރުން.

މަޤާމު: އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު: 03

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ ރޭންޖް: 5،500.00 ރުފިޔާ

ސާރވިސް އެލަވަންސް: 1،000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:

  • BO ނުވަތަ B2 ލައިސަންސް ލިބިފައިވުން.
  • މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާސްޕޯރޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

މަޤާމު: މެކޭނިކް (އޮޓޯމޮބައިލް / ހައިޑްރޯލިކް)

ބޭނުންވާ އަދަދު: 01   

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: 5،500.00 ރުފިޔާ

ސަރވިސް އެލަވަންސް: 1،000.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް: 1،500.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގައި ތަނެއްގައި - ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު         

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިން ހައިޑްރޯލިކް ނުވަތަ އޮޓޯމޮބައިލް މަދުވެގެން 02 އަހަރު ގެ މެރިން އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.   

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހާ މަސައްކަތްކުރުން ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.

މަޤާމު: އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ އަދަދު:              02

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ ރޭންޖް: 5،500.00 ރުފިޔާ 

ސަރވިސް އެލަވަންސް: 1،000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:                     

  • ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)
  • ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުނޅަދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމު: އެސިސްޓަންޓް ސާރވަރ އެޑްމިނިސްޓްރޭޓަރ 

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށްހަމަޖެހިފައި ވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: 6،600.00 ރުފިޔާ

ސަރވިސް އެލަވަންސް: 1,500.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް: 2,000.00 ރުފިޔާ

އެޑިއުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން: އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު    

  • ޑިގްރީ - ކޮމްޕިއުޓަރ ސައިންސް ދާއިރާއިން/ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް/ ގުޅުންހުރި ދާއިރާއަކުން. ނުވަތަ ސާރވަރ މާހައުލުގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ވީ.އެމް.ވެއަރ، އީ.އެސް.އެކްސް.އައި އަދި ޒެން ޑެކްސްޓޮޕް ބޭނުންކުރުމުގެ ހުނަރާއި ޤާބިލުކަންހުރުން.  
  • އޭ..އެސް.ޕީ ނެޓް، ވީ.ބީ ނެޓް ނުވަތަ ސީނެޓް އަށް ފަރިތަވުން އަދި އެޕްލިކޭޝަންތައް ތަރައްޤީކުރުމުގެ ކަންކަންކުރުމުގެ ޤާބިލުކަން ހުރުން.
  • ރެޑްހެޓްލިނަކްސް، ވިންޑޯސް ސާރވަރ 2008/ 2012، އެސް.ކިއު.އެލް، އަޕާޗޭ.
  • އެސް.ސީ.އެސް.އައި ނުވަތަ ރެއިޑް ފަދަ ނެޓްވޯކް އިކުއިޕްމަންޓްގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ވެބްސަރވަރ އިންސްޓޯލްކުރުމާ އެއާގުޅޭ ޚިދުމަތްތައް ކޮންފިގަރކުރުމާއި ސަރވަރގެ ބޭސިކް މެނޭޖްމަންޓާ ގުޅޭ ގޮތުން ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނަށް ލަފާދިނުމާއި ސަރވަރ އަޕްގްރޭޑް ކުރުމާއި، މެއިންޓަނަންސް މަސައްކަތް ކުރުމާއި ޕެޗް އިންސްޓޯލް ކުރުމާއި ޕްލޭންކޮށް އިމްޕްލިމެންޓްކުރުން.

މަޤާމު: އެސިންޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ:5،500.00 ރުފިޔާ

ސާރވިސް އެލަވަންސް: 1،000.00 ރުފިޔާ

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ޕީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު

  • ޖީ.ސީ.އީ އޯ ލެވްލް 3 މާއްދާއިން ފާސްވެފައިވުން. 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ސެކްޝަންގެ އެންމެހައި އިދާރީ މަސައްކަތްކުރުމުގައި ދޭންޖެހޭ އެހީތެރިކަން ދިނުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.

މަޤާމު: އެސިސްޓަންޓް ސަރވެއިންގ އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: 5،500.00 ރުފިޔާ

ސަރވިސް އެލަވަންސް: 1،000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: މަޤާމާ ގުޅުންހުރި ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، އެޕްލައިޑް ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                     

މަސައްކަތް ކުރަންޖެހޭ ތަން: އެމްޓީސީސީ ޓަވަރު 6 ވަނަ ފަންދިފިލާ/ ކުންފުނިން ކަނޑައަޅާ ސައިޓެއްގައި/ ސީ.ޕީ.އެމް.ޑީ

ޝަރުޠު:       

  • ސައިންސް ސްޓްރީމް އިން އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުން ނުވަތަ 2 އަހަރު ދުވަހުގެ މަޤާމާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކަށް ކުރަންޖެހޭ ސާވޭތަކުގައި ބައިވެރިވުން.
  • ރާވާފައިވާ މަސައްކަތް ކުރުމާއި މެޕް/ ޗާޓުތަށް ކުރަހެހުން. އަދި އެންމެހައި މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަންކުރުން.

މަޤާމު: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 08

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށްހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

މުސާރަ:4،700.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/ މާލެ ނުވަތަ ވިލިނގިލި/ މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:

  • ގްރޭޑް 10 ގެ ފެންވަރު ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރުމާއެކު ޤާބިލުކަންހުރުން.
  • ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ފެރީ ޓާރމިނަލް ތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ހިދުމަތް ހޯދާރާތްތަކަށް އެންމެ އެދެވޭ ގޮތުގައި އެހީތެރިވުން. 

މަޤާމު: މެކޭނިކް (މެރިން)

ބޭނުންވާ އަދަދު: 01   

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: 5،500.00 ރުފިޔާ

ސަރވިސް އެލަވަންސް: 000.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް: 1،500.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/ މާލެ ނުވަތަ ވިލިނގިލި/ މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގައި ތަނެއްގައި - ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު  

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިން މެކޭނިކަލް އިންޖިނިއަރިންގ (މެރިން) މަދުވެގެން 02 އަހަރު ގެ މެރިން އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް

މަޤާމު: ކޭޝިއަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯ މޯލްޑިވްސް

ޢަސާސީ މުސާރަ: 5500.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްއެމްޑީ/ ކަޝަވަރު ޝޯރޫމް/ އެމްޓީސީސީ ސޯމިލް

ޝަރުޠު:

  • ޖީ.ސީ.އީ އޭ ލެވްލް ނުވަތަޖީ.ސީ.އީ އޯ ލެވްލްއާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖަށް ފަރިތަވުން.
  • މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑައަޅާފައިވާ އުސޫލުގެ މަތިން ފައިސާ ބަލައިގަނެ، ޕެޓީކޭޝް ބަލަހައްޓައި، އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތަފުސީލު ސިސްޓަމަށް އަޅައި ފަރުވާތެރިކަމައެކު ބެލެހެއްޓުން.

ވީމާ، މި މަޤާމުތަކަށް ޝައުގުވެރިވާފަރާތްތަކުން 14 އެޕްރީލް 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3323221

އީމެއިލް:[email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ