ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024" ގެ މީޑިއާ ޕާޓްނަރއަށްވުމުގެ ފުރުޞަތު

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމްޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 5 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއަހަރުގެ މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ބްރޮޑްކާސްޓް ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3310729 އާއި ގުޅުއްވުން އެދެމެވެ.

05 ފެބުރުވަރީ 2024
ހޯދާ