މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ފޮޅާ ސާފު ކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942023W-31

އަންދާސީ ހިސާބު ބޭނުންވެއްޖެ    

1. މޯލްޑިވްސް އިމިގްރޭޝަން ތިރީގައި މިދަންނަވާ އޮފީސްތަށް ފޮޅާ ސާފު ކޮއްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު ނަންބަރ (IUL)94-Q/94/2023/38 އިޢުލާނުގެ ދަށުން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތެއް ނެތުމުން މި ދެންނެވި އިޢުލާނު ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.  

ހ. މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ، 01 ވަނަ ފަންގިފިލާ)

ށ. މޯލްޑިވްސް އިމިގްރޭޝަން ސްޓާރކްލައުޑްސް ބިލްޑިންގ 10,9,8 އަދި 11 ވަނަ ފަންގިފިލާ

ނ. އެންފޯސްމަންޓް އެންޑް ކޮމްޕްލައިންސް ޑިވިޜަން (ހުޅުމާލެ ފޭސް 2، ޓެންޕް 230 / މޯލްޑިވްސް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރ)

ރ. ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ބިލްޑިންގ، 01 ވަނަ ފަންގިފިލާ)

2. މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

3. ބީލަން ހުށައެޅުން އޮންނާނީ 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330476 , +960 3330470

އީމެއިލް  : [email protected]

ކޮޕީ    : [email protected]   

04 ފެބުރުވަރީ 2024
ހޯދާ