މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސީނިއަރ ކައުންސިލް އޮފިސަރ

ވަޒީފާގެ ފުރުޞަތު 

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-395028

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ.

3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ.

4. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 2203.25 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއަށް ހޯދޭ ޚިދުމަތް ނުވަތަ ގަނެވޭ ތަކެތީގެ ތެރެއިން 35,000 (ތިރީސް ފަސް ހާސް) ރުފިޔާއަށްވުރެ ދަށުގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ގެންދިއުމުގައި ރިކުއެސްޓް ބަލައިގަތުމާއި، ރިކުއެސްޓްގައިވާ ތަކެއްޗަށް މަދުވެގެން 3 ކޯޓޭޝަން ހޯދުމާއި، ކޯޓޭޝަން ނުލިބޭނަމަ ސަބަބުބަޔާންކޮށް ލިޔުމެއް ތައްޔާރުކުރުމާއި ޕަރޗޭސް އޯޑަރ ހެދުމާއި ތަކެތި ލިބުމުން ތަކެއްޗާއި ހަވާލުވުމާއި އެއްޗެހި ހަމަތޯ ޗެކްކުރުމާއި ތަކެތި ހަމަކޮށް ސްޓޮކްއާއި ހަވާލުކުރުން.
  2. ކައުންސިލް އިދާރާއަށް ހޯދޭ ޚިދުމަތް ނުވަތަ ގަނެވޭ ތަކެތީގެ ތެރެއިން 35,000 (ތިރީސް ފަސްހާސް) ރުފިޔާއަށްވުރެ މަތީގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް އިއުލާނުކޮށްގެން ކުރިޔަށް ގެންދިއުން.
  3. އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި، ޚިދުމަތްތައް ހޯދުމަށްޓަކައި އިޢުލާންކުރުމުގެ ކުރިން މަޢުލޫމާތު ޝީޓާއި، ޕޮއިންޓް ދޭނެ މިންގަނޑު ތައްޔާރުކޮށް އެކަމަށް އިޢުލާނުކުރުމާއި، އިޢުލާނުކޮށްގެން ލިބޭ އެސްޓިމޭޓްތައް އިވެލުއޭޓްކޮށް،  ބިޑް ކޮމިޓީއަށް ހުށަހަޅައި ކޮމިޓީއިން ނިންމާ ފަރާތަކަށް މަސައްކަތްތައް ޙަވާލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  4. ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކޮށް ކޮމެޓީގެ ބައްދަލުވުންތައް ހަމަޖައްސައި ކޮމިޓީއަށް އެންގުމާއި ކޮމިޓީގެ ނިންމުންތަކާއި، ބައްދަލުވުމުގެ ލިޔުންތައް ބެލެހެއްޓުން.
  5. ބިޑް ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކޮށް ކޮމެޓީގެ ބައްދަލުވުންތައް ހަމަޖައްސައި ކޮމިޓީއަށް އެންގުމާއި ކޮމިޓީގެ ޔައުމިއްޔާ ލިޔެ ފާސްކޮށް ބިޑް ކޮމިޓީގެ ލިޔެކިޔުންތަކާއި ބައްދަލުވުމުގެ ލިޔުންތައް ބެލެހެއްޓުން.
  6. މަސައްކަތް ހަވާލުކުރެވޭ ފަރާތްތަކުން މަސައްކަތް މުއްދަތަށް ނިންމާތޯއާއި އަދި މުއްދަތަށް ނުނިންމާ ފަރާތްތަކާއިމެދު ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންތައްތައް ކުރުން.
  7. ކޮންޓްރެކްޓަރުންނަށް އެވޯޑްކުރެވޭ މަސައްކަތްތައް ނިމުމުން ތަކެތީގެ/މަސައްކަތުގެ ފެންވަރު ބެލުމަށްފަހު "ޕްރޮޖެކްޓް ކޮމްޕްލީޝަން ލެޓަރ" ތައްޔާރުކުރުން.
  8. ޕަރޗޭސް އޯޑަރ އަދި އިންވޮއިސް ރަޖިސްޓަރީއެއް ހަދާ ބެލެހެއްޓުން.
  9. އެވޯޑްކުރެވޭ މަސައްކަތްތަކުގައި ބޭނުންނުވާ މުދަލެއް ނުވަތަ ބަދަލު ކުރަންޖެހޭ މަސައްކަތް ހުރިނަމަ ވަގުތުން ކުރުން އަދި ތަކެތި ވިއްކާ ފަރާތުގެ ކޮންޓެކްޓް މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
  10. ކެއުމާއި ސައި ހަމަޖައްސަންޖެހޭ ކަންކަމުގައި މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކެއުމާއި ސައިގެ ކަންކަން ހަމަޖެއްސުން.
  11. މީގެ އިތުރުންވެސް އިދާރާގެ މަސައްކަތާގުޅިގެން އިދާރާގެ ވެރިން އަންގާ ކަންތައްތައް ކުރުން
  12. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް  ފުރިހަމަޔަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި  އިދާރީގޮތުން ކުރަންޖެހޭއެއްމެހާކަންތައް ސެކެޓްރީ ޖަނަރަލް ނުވަތަ ސްޕަރވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތީން ކުރުން.
  13. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލް އިދާރާގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެއްމެހާކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖަނަރަލްއަށް ފުރިހަމަޔަށް ޖަވާބުދާރީވުން.
  14. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެއްމެހާކަންތައްތައް ތަރައްޤީކޮށް ރޭވުމާއި ،ހިންގުމާއި، ބެލެހެއްޓުން.
  15. މުވައްޒަފުގެ މަސައްކަތުގެދާއިރާއިން އަންނަ ޓީމުތަކުގެ އެއްމެހާކަންތައް ބެލެހެއްޓުން.
  16. ވަޒީފާބަޔާނުން ލާޒިމުކުރާކަންތައްތަކައި ގުޅިގެންލިބޭ މެސެޖް، ސިޓީ ފަދަ ލިޔުންތަކަށްސެކުޝަނުގެވެރިޔާގެ މަޝްވަރާގެމަތިން ޖަވާބު ދިނުމާއި އަޅަންޖެހޭ ފިޔަވަޅުތައް ޤަވާޢިދުން އަޅަމުން ގެންދިއުން.  
  17. ވަޒީފާބަޔާނުން ލާޒިމުކުރާކަންތައްތަކައި ގުޅިގެން  ޢާއްމުކޮށް ރައްޔިތުންނަށް އަންގަންޖެހޭ ކަންތައްތައް އެންގުން.
  18. ވަކި މުވައްޒަފަކާއި ޙަވާލުކޮށްފައިނުވާ، ރަށުކައުންސިލުން ދޭންޖެހޭނެކަމަށް ގާނޫނަކުންކަޑައަޅާ ޚިދުމަތްތައް ކައުންސިލުން ކަޑައަޅާ އުޞޫލެއްގެމަތިން ދިނުން.
  19. ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

   2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމްގެ ތަޢުލީމާ ރޮނގުތައް:

  • އެކައުންޓިންގ   
  • އެޑްމިނިސްޓްރޭޝަން   
  • އެގްރިކަލްޗަރަލް ސައިންސް   
  • އެންތްރޯޕޮލޮޖީ   
  • އާކިޓެކްޗަރ   
  • ބިޒްނަސް   
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ސިވިލް އިންޖިނިއަރިންގ   
  • ކޮމާސް   
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   
  • ކޮމްޕިއުޓަރ ސައިންސް   
  • ކައުންސިލް އެޑްމިނިސްޓްރޭޝަން   
  • ކަލްޗަރ އެންޑް ހެރިޓޭޖް   
  • ޑިމޮގްރަފީ   
  • ޑިވެލޮޕްމަންޓް ސްޓަޑީޒް   
  • އިކޮނޮމިކްސް   
  • އެޑިއުކޭޝަން   
  • އެންވަޔަރަންމެންޓަލް ސައިންސް   
  • ފައިނޭންސް   
  • ގަވަރނަންސް   
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް   
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް   
  • ހިއުމަން ރިސޯސް   
  • އިންފޮމޭޝަން ޓެކްނޮލޮޖީ   
  • އިންޓަނޭޝަނަލް ރިލޭޝަންސް   
  • ލޯ   
  • ލީޑަރޝިޕް   
  • ލައިބްރަރީ ސައިންސް   
  • ލޯކަލް ގަވަރނަންސް   
  • މެނޭޖްމަންޓް   
  • މެރިން ސައިންސް   
  • މާކެޓިންގ   
  • އޮފީސް އެޑްމިނިސްޓްރޭޝަން   
  • ޕޮލިސީ ސްޓަޑިޒް   
  • ޕޮލިޓިކަލް ސައިންސް   
  • ޕްރޮޖެކްޓު މެނޭޖުމަންޓު   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   
  • ޕަބްލިކް މޭނޭޖްމަންޓް   
  • ޕަބްލިކް ޕޮލިސީ   
  • ޕަބްލިކް ރިލޭޝަންސް   
  • ޝަރީޢާ އެންޑް ލޯ   
  • ސޯޝަލް ސައިންސް
  • ސޯޝަލް ވޯރކް   
  • ސޯޝިއޮލޮޖީ   
  • ސްޕޯޓްސް މެނޭޖްމަންޓް   
  • ސްޓެޓިސްޓިކްސް   
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ   
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   
  • އަރބަން ޕްލޭނިންގ   
  • އާބަން ސްޓަޑީޒް

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. އަސާސީ ޝަރުތުހަމަވުން – (%30)

2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު – (% 05)

3. ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް – (% 05)

4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ – (% 05)

5. އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) – (% 20)

4. އިންޓަރވިއު – (% 35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (08 ފެބްރުއަރީ 2024) ގެ (14:00) ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާއިރު އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، (12 ފެބްރުއަރީ 2024) އާއި (24 ފެބްރުއަރީ 2024) އާ ދެމެދު، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް (https://www.kaashidhoo.gov.mv) ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6641016، 6640997 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް ރެކްރޫޓްމެންޓް އުޞޫލު (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
04 ފެބުރުވަރީ 2024
ހޯދާ