މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން

މި ވުޒާރާގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން،  14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 15:00 ގައި ބޮޑުތަކުރުފާނު މަގު/ ކޯސްޓްގާޑް ބިލްޑިންގ ޖެހިގެން ހުރި އިމާރަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ކުރީގައި ހިންގި އޮފީސް) އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 15:00  މަތީގައި ދެންނެވުނު އިމާރާތަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

04 ފެބުރުވަރީ 2024
ހޯދާ