މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގިލި ރިސޯޓް ފެރީއަށް ދޫކުރެވިފައިވާ ފައްތިޔާ ކަނޑައެޅުން:

އިޢުލާން

ގިލި ރިސޯޓް ފެރީއަށް ދޫކުރެވިފައިވާ ފައްތިޔާ ކަނޑައެޅުން:

           ގިލި ލަންކަންފުށި ރިސޯޓުގެ ފެރީއިން ރަށުގެ ރައްޔިތުންނަށް މާލެދަތުރުކުރުމަށް ހިލޭ ހަމަޖައްސަވައި ދެއްވާފައިވާ ޖާގަތަކަށް މާލެ ދަތުރުކުރުމަށާ އެރިސޯޓުގައި ވަޒީފާ އަދާކުރާ ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހައަކަށް އެފެރީ މިރަށު ފަޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ މިއިޢުލާނާ އެކުގައިވާ ޗާޓުގައި ފާހަގަ ކުރެވިފައިވާ އާބަނދަރުގެ ސަރަޙައްދެވެ.

           ވީމާ، އެފެރީއަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ނުބޭއްވުމަށާއި ރަށުގެ ރައްޔިތުންގެ ފަސޭހަ އަށް ލިބޭ މިފަދަ ޚިދުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެފެރީ އެޅުމަށް ދަތިވާގޮތަށް އެއްވެސް ފަރާތަކުން ޢަމަލެއް ނުކުރެއްވުމަކީ މިކައުންސިލްގެ އިލްތިމާސެކެވެ.

           އަދި އެފެރީން ޢާއްމުންނަށް ދަތުރު ކުރުމަށް ލިބޭ ޖާގަތަކަށް ފާސް ދޫކުރާ ގަޑިތަކާއި ޢަދަދު ފަހުން އިޢުލާން ކުރެވޭނެ އެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ފެބުރުވަރީ 2024
ހޯދާ