ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑު ބިމުގެ އެއްބަސްވުން އެކުލަވާލުމާއި ބެހޭ

ދަނޑުބިމުގެ އެއްބަސްވުން އެކުލަވާލުމާއި ބެހޭ:

ކޮނޑޭއިން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ކައުންސިލުން އެކުލަވާލައި، 29 ޖެނުއަރީ 2024 ގައި ޢާންމު ކޮށްފައިވާ "ގއ. ކޮނޑޭއިން ދަނޑުބިން ދޫކުރުމާބެހޭ އުޞޫލް"އަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ދަނޑުބިންތައް އުޞޫލަށް ފެއްތުމަށްޓަކައި އުޞޫލު ޢާންމު ކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ކައުންސިލާއި އެކު އެއްބަސްވުން އެކުލަވާލުމަށް އުޞޫލުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވެއެވެ.

އެހެންކަމުން، 29 ޖެނުއަރީ 2024 ގައި ކައުންސިލުން ޢާންމު ކޮށްފައިވާ "ގއ. ކޮނޑޭއިން ދަނޑުބިން ދޫކުރުމާބެހޭ އުޞޫލް" ޢާންމު ކުރުމުގެ ކުރިން ދޫކޮށްފައިވާ ދަނޑުބިންތައް 29 ޖެނުއަރީ 2024 އިން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެއްބަސްވުމުން އެކުލަވާލުމަށްޓަކައި އަލަށް އެކުލަވާލެވުނު ދަނޑުބިމުގެ އުޞޫލާއި އެއްގޮތަށް ދަނޑު ބިން ބޭނުންވާ ފަރާތްތަކުން 29 ޖުލައި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ކައުންސިލަށް ސިޓީ ފޮނުއްވައި ދަނޑުބިމުގެ އެއްބަސްވުން އެކުލަވާލެއްވުން އެދެމެވެ. އަދި މި މުމުއްދަތާއި ހަމައަށް އެކަމަށް އެދި ހުށަހަޅައި ދަނޑު ބިމުގެ އެއްބަސްވުން އެކުލަވާނުލާ ދަނޑުބިންތައް ބާޠިލް ކުރެވޭނެއެވެ.

ވީމާ، މިކަން ޢަންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ފެބުރުވަރީ 2024
ހޯދާ