މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ                                                     

މަޤާމުގެ ނަންބަރު:

J-395536

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2                                           

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ހިއުމަން ރިސޯސް ސެކްޝަން

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ނެޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ (މަހަކު)، ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މަހަކު).
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ އުޖޫރައާއި، އިތުރު ގަޑިއާއި، އަދި އިނާޔަތްތައް ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުން.
  2. މިނިސްޓްރީ މުވައްޒަފުންގެ ޙާޒިރީ ރެކޯޑް ބެލެހެއްޓުމާއި، ސަލާމާއި، ޗުއްޓީ، އަދި ދަތުރުތައް އެޗް.އާރު ސިސްޓަމުން އަޕްޑޭޓްކޮށް، ރިޕޯރޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައި އޮންނަ ދުވަހަށް ފޮނުވުން.
  3. މިނިސްޓްރީ މުވައްޒަފުންގެ މުސާރައާއި، އިނާޔަތްތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ސުޕަވައިޒަރގެ ލަފާގެމަތިން ހައްލުކޮށް މުވައްޒަފުންނަށް އެންގުން.
  4. މިނިސްޓްރީގެ މުވައްޒަފުންގެ ސަލާމާއި، ޗުއްޓީއާއި، އަދި ޙާޟީރީއާއި ގުޅިގެން ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ ޙައްލުކުރުން.
  5. ޙާޟިރީ އާއި ގުޅިގެން އަޅާ އިސްލާޙީ ފިޔަވަޅުތައް ސުޕަވައިޒަރގެ ލަފާގެ މަތިން އެޅުން.
  6. މިނިސްޓްރީގެ އެޗް.އާރު ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. މުވައްޒަފުންގެ ޙާޒިރީ ރިޕޯޓް ކޮންމެ މަހަކު އެ މަހެއް ނިމުމުން ތައްޔާރުކުރުން
  8. ކުރަންޖެހޭ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
  9. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ކުރަންޖެހޭ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
  11. ސެކްޝަންގެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޙާލަތްތަކުގައި އެފަދަ މަސައްކަތްތަކުގައި އެއްބާރުލުންދިނުން.
  12. މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

-          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ހިއުމަން ރިސޯސް މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

-          ހިއުމަން ރިސޯސް

މަޤާމުގެ ޕްރެފަރޑް ޑިސިޕްލިންތައް:

-           

މަޤާމުގެ ކޯ ޑިސިޕްލިންތައް:

-          ހިއުމަން ރިސޯސް މެނޭޖްމަންޓް  

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓެއް ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13  ފެބުރުވަރީ 2024 އާއި 29 ފެބުރުވަރީ 2024 އާއި ދެމެދު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް/ ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004775 ނަންބަރު ފޯނަށް ނުވަތަ 4004708 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.

04 ފެބުރުވަރީ 2024
ހޯދާ