މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

މަޤާމު:

ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

01 (އެކެއް)

މުއްދަތު

ދާއިމީ

މުސާރައާއި އިނާޔަތްތައް:

13025 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

ކުންފުނީގެ އެޗް.އާރު ޕޮލިސީ ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފާރާތެއްކަމުގައި ވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  • މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލްކުރާ A1  އަދި B1 ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ހާސިލްކޮށްފައިވުން.

މަސްއޫލިއްޔަތު:

  • މިކުންފުނީގެ ފަރާތުން ކުރަންޖެހޭ އެއްގަމު ދަތުރުތައް ސެކްޝަނުން އަންގާ ގޮތެއްގެ މަތިން ކުރުން.
  • މިކުންފުނީގެ އެއްގަމު އުޅަނދުފަހަރު ސާފުތާހިރުކަމާއި ފަރުވާތެރިކަމާއިއެކު ބެލެހެއްޓުން.
  • ދަތުރުތަކަށް ދަތިނުވާނޭހެން އުޅަނދަށް ޕެޓްރޯލް އަޅައި އަބަދުވެސް ދަތުރުކުރެވޭނޭ ހާލަތެއްގައި އުޅަނދުބޭއްވުން.
  • އުޅަނދުގެ އަހަރީފީ، އިންސިއުރަންސް އަދި ރޯޑުވާދިނަސް ހަމަވާ ދުވަސް ބަލައި ސެކްޝަނުގައި އެދިގެން އެކަމަށް ބޭނުންވާ ފައިސާ ހޯދައި، ބަރާބަރަށް އެފަރާތްތަކަށް ފައިސާ ދެއްކުމާއި، އިސްޓިކާނަގައި ވެހިކަލްގައި ތަތްކޮށްފައި ބެހެއްޓުން.
  • އުޅަނދު ދުއްވުމުގައި އަދި ޕާކްކުރުމުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމަށް ހެދިފައިވާ ޤަވާއިދުތަކާއި އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުން.
  • ސެކްޝަނުގައި އެދިގެން ޤަވާއިދުން އަހަރަކު އެއްފަހަރު އުޅަނދު ފުލްސަރވިސް ކުރުން.
  • ބޭންކަށް ފައިސާ ޖަމާކުރަން ދިއުމާއި ،  ޑިރެކްޓަރުންގެ ސޮއި ހޯދުމާއި އެހެނިހެން މަސައްކަތްތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  • ކުންފުނިން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި ތަކެތި އެފަރާތްތަކަށް ޙަވާލުކުރުން.
  • ކުންފުނީގެ މެއިންޓެނަންސް މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • އޮފީހަށް ބޭނުންވާ ތަކެތި ހޯދާދިނުމުގައި އެހީތެރިވުން
  • ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

މަސައްކަތުގެ ވަގުތު:

މި ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު މިކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

08 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

02 ފެބުރުވަރީ 2024
ހޯދާ