ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފަޅުވެރިޔަކު ހޯދުމަށްޓަކައި 25 ޖަނަވަރީ 2015 ގައި މި އިދާރާއިން ކުރި IUL)231-AH/231/2015/8) ނަންބަރުގެ އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ހިމެނިފައިނުވާކަމަށާއި، އެ އިޢުލާން ބާޠިލްކޮށްފައި ފަޅުވެރިޔަކު ހޯދުމަށް އަލުން އިޢުލާންކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގަވާފައިވާތީ، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.

މަޤާމް

ފަޅުވެރި                              

މަޤާމުގެ ރޭންކް

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އަސާސީ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ލާންޗު ޑްރައިވަރުގެ އިރުޝާދުގެމަތިން ދަތުރުމަތީގައްޔާއި، ފަޅުގައި ލާންޗު އޮންނައިރު ލާންޗު ބެލެހެއްޓުމާއި، ދަތުރުކުރާއިރު ޑްރައިވަރަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

2015 އެޕްރީލް 13 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.,mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. އެޕްލައިކުރާ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަސައްކަތް ކުރަމުންގެންދާނަމަ ނުވަތަ މީގެ ކުރިން އެފަދަ ވަޒީފާއެއްގައި /ވަޒީފާތަކުގައި މަސައްކަތްކޮށްފައިވާނަމަ، އެ ވަޒީފާގައި/ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތް/މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ތަނެއްގައި އުޅުނުކަމުގެ ލިޔުން ހުށަހަޅާއިރު، އެތާންގައި ވަޒީފާއަދާކޮށްފައިވާ މުއްދަތު (ވަޒީފާދެއްވި ތާރީޚް، ވަޒީފާއިން ވަކިވި ތާރީޚް) އެނގެންއޮތުމާއެކު، އެތަނަކީ ހާޒިރީ އުސޫލުން މަސައްކަތްކުރާ ތަނެއްނަމަ، އެކަން އެނގެން އޮންނަންވާނެއެވެ.)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު އީމެއިލް އެޑްރެހާއެކު)
  7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް"  (ސިވިލް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފަކުވެސް މިފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

- ގިނަވަގުތު މަސައްކަތުގައި އުޅޭ ފަރާތަކަށްވުން.

- ތަމްރީނެއް / ކަނޑުގެ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވާނަމަ، އެކަންކަމަށް.     

އިންޓަވިއުކުރާނެ ތާރީޚާއި، ތަން

- އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

- އިންޓަވިއު އޮންނާނީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

ނޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620331 ނަންބަރު ފޯނަށް ނުވަތަ 6620261 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6620043 އެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ