މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު މަޤާމަށް މުވައްޒަފަކު ހޯދުމަށް

އިޢުލާން

 

މަގާމް

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: ވަޒީފާ ފުރަތަމަ ހަމަޖެއްސޭނީ 1 އަހަރާއި 11 މަހައްށެވެ. (މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)  

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ލެވެލް

އެސް. އެމް

މުސާރަ: (މަހަކު)

-/28500ރ (އަށާވީސް ހާސް ފައްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް:

  1. ލިވިންގ އެލަވަންސް: -/12500ރ (ބާރަހާސް ފަސްސަތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: -/2500 (ދެހާސް ފަސްސަތޭކަ ރުފިޔާ)
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ފައިސާ.
  4. ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޒަކާތު ހައުސް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަޤާމުގެ ޝަރުޠު:

  • އިސްލާމީ ޢިލްމުތަކުގެ ރޮނގަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، ޢަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން. ނުވަތަ
  • އިސްލާމީ ޢިލްމުތަކުގެ ރޮނގަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، ޢަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • އިސްލާމިކް ސްޓަޑީޒް
  • ފިޤުހު
  • އުޞޫލުލް ފިޤުހު
  • އުޞޫލުއްދީން
  • ޙަދީޘް އިލްމް
  • ދަޢުވާ
  • އިސްލާމިކް ފައިނޭންސް
  • އިސްލާމިކް ޝަރީޢާ

ޕްރިފަރޑް ޑިސިޕްލިންތައް:

  • އިސްލާމިކް ސްޓަޑީޒް
  • ފިޤުހު
  • އުޞޫލުލް ފިޤުހު
  • އުޞޫލުއްދީން
  • ޙަދީޘް އިލްމް
  • ދަޢުވާ
  • އިސްލާމިކް ފައިނޭންސް
  • އިސްލާމިކް ޝަރީޢާ

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ރިލިޖަސް ސަރވިސް
  • އިސްލާމިކް ފައިނޭންސް
  • އިސްލާމިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ޒަކާތު ހައުސްގެ ތަސައްވުރާއި އަމާޒުތައް ޙާޞިލުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތައް މޯލްޑިވްސް ޒަކާތު ހައުސްގެ ޗެއަރމަންގެ ލަފާގެ މަތިން އެކުލަވައިލުން.
  2. މޯލްޑިވްސް ޒަކާތު ހައުސްގެ ކަންކަން ހިންގައި ބެލެހެއްޓުމަށް އެކުލަވައިލަންޖެހޭ އެންމެހައި އުސޫލުތައް ޒަކާތު ކޮމެޓީއާއި ޝަރީޢާ ސުޕަވައިޒަރީ ކޮމެޓީ، އަދި އިންވެސްޓްމަންޓް އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ މަތިން އެކުލަވައިލުން.
  3. ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ކުރެވެމުންދާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
  4. ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ގޮތުން ކޮންމެހެން ލަފާ ހޯދަންޖެހޭ ކަންކަމުގައި، ޝަރީޢާ އެޑްވައިޒަރީ ކޮމެޓީއާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާ ހޯދުން.
  5. އިންވެސްޓްމަންޓް އެޑްވައިޒަރީ ކޮމެޓީއާއި ޝަރީޢާ އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ މަތިން ޝަރީޢާ ހުއްދަކުރާ ކަންކަމަށް ޒަކާތު ފަންޑުން އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުން.
  6. ޒަކާތުގެ ކަންކަން ކުރިއަރުވާ ތަރައްޤީކުރެވޭނެ ގޮތްތަކުގެ ދިރާސާކުރުމާއި ދިރާސާތަކުގެ އަލީގައި ޒަކާތާގުޅޭ ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. ޒަކާތާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސެމިނަރތަކާއި ކޮންފަރެންސްތައް ބާއްވައި، ޒަކާތާއި ގުޅޭ މައްސަލަތަކުގެ ހައްލު ޒަމާނީ ފިޤްހީ ދިރާސާތަކުގެ އަލީގައި ހޯދުމަށް ޕްރޮގްރާމުތައް ރާވައި ހިންގުން.
  8. ޒަކާތުގެ ނިޞާބު ކަނޑައަޅާ އާންމުކުރުމާއި، ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ފިތުރު ޒަކާތާއި މުދަލު ޒަކާތް ދެއްކޭނޭ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުން.
  9. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަމެއް ކުރުވުން.
  10. ޒަކާތާއި ގުޅުންހުރި ކޮމިޓީތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، ޒަކާތާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ދޭންޖެހޭ ލަފަޔާއި އިރުޝާދުތައް ދިނުމުގައި ޗެއަރމަންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  11. ޒަކާތާއި ގުޅޭ ދާއިރާތަކުން މީހުން ބިނާކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.
  12. ޒަކާތާއި ޞަދަޤާތުގެ ގޮތުގައި ނެގޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ފައިސާއާއިގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް އާންމުކުރުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން.
  13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ މިނިސްޓްރޯ އޮފް އިސްލާމިކް އެފެއާޒްގެ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ލިބިފައިވާ ތަޢުލީމު،
  2. މަސައްކަތު ތަޖުރިބާ،
  3. ލިބިފައިވާ ހުނަރު (އިންޓަވިއު)
  4. ވަޒީފާގައި ގިނަވަގުތު ހޭދަކުރެވޭނެ ފަރާތެއްކަމުގައިވުން.
  5. ޢަރަބި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރަން ދަންނަ ފަރާތެއްކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 2024ފެބްރުވަރީ 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ އިތުރުވާނަމަ ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތެކެވެ.  

އިންޓަރވިއުއާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2024 ފެބްރުވަރީ 12 އާއި 2024 ފެބުރުވަރީ 22 އާއި ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 ނަންބަރު ފޯނާއެވެ.

01 ފެބުރުވަރީ 2024
ހޯދާ